ޗައިނާގައި ބޭއްވޭ ސެމިނަރގައި ބައިވެރިވާ ސިވިލް ސަރވަންޓުންނާއި ކޮމިޝަނުގެ ރައީސް ބައްދަލުކުރައްވައިފި

18 ޖުލައި 2019



މި ޖުލައި މަހުގެ 22 އިން އޯގަސްޓް 3 އަށް ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަރުކާރުގެ އިދާރީ ހިންގުމާއިބެހޭ ސެމިނަރގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ އެކި އެކި އިދާރާތަކުން ހޮވާލެވުނު މުވައްޒަފުންނާއި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް މިއަދު ބައްދަލުކުރައްވައިފިއެވެ. މި ސެމިނަރއަކީ ޗައިނާގައި ސިވިލް ސަރވަންޓުން ތަމްރީނުކުރާ މަރުކަޒުކަމުގައިވާ ޗައިނީސް އެކަޑަމީ އޮފް ގަވަރނަންސް އިން ރާވައި އިންތިޒާމުކޮށްދިން ސެމިނަރއެކެވެ. މިއީ ސިވިލް ސަރވިސް ކޮމިޝަނާއި ޗައިނީސް އެކަޑަމީ އޮފް ގަވަރނަންސް އާ ދެމެދު ސިވިލް ސަރވިސްގެ ޤާބިލުކަން އިތުރުކުރުމުގެ މަޤުސަދުގައި ދެ މުއައްސަސާ ދޭތެރޭގައި އެއްބަސްވެފައިވާ ފަހުމުނާމާއެއްގެ ދަށުން ޗައިނާގެ ސަރުކާރުގެ އެހީގައި އިންތިޒާމްކޮށް ބޭއްވޭ ސެމިނަރއެކެވެ. މިއީ މި އަހަރު ބާއްވާ މިފަދަ 1 ވަނަ ސެމިނަރއެވެ.

މި ސެމިނަރގައި މިފަހަރު 30 މުވައްޒަފުން ބައިވެރިވެވަޑައިގަންނަވައެވެ. ކޮމިޝަނުގެ ރައީސް ޓީމުގެ ބޭފުޅުންނާއި ބައްދަލުކުރައްވަވައި، އެ ބޭފުޅުން މި ސެމިނަރގައި ބައިވެރިވެ ވަޑައިގަތުމަށް ހޮވުނީތީ މަރުޙަބާ ވިދާޅުވެ ކާމިޔާބު އަދި ނިޔާމަދަތުރަކަށް ވުމަށް އެދިވަޑައިގަތެވެ. އަދި މި ސެމިނަރ އަށް ތައްޔާރުވެ ވަޑައިގަތުމުގެ ގޮތުން ސަމާލުކަން ދެއްވަންވީ ކަންކަމާއި، އަދި ސެމިނަރގެ ބޭނުން ފުރިހަމައަށް ހިއްޕެވުމަށްޓަކައި ސަމާލުވެވަޑައިގަންނަވަންވީ ކަންކަމުގެ މަޢުލޫމާތު ބައިވެރިންނާއި ހިއްސާކުރެއްވެވިއެވެ.

'ސެމިނަރ އޮން ޕަބްލިކް އެޑްމިނިސްޓްރޭޝަން ފޯ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވްސް' ގެ ނަމުގައި މި ސެމިނަރގައި ޗައިނާގެ ސަރުކާރު ރޭވި ހިނގާގޮތުގެ މައްޗަށާއި، ޝަރުޢީ އަދި އިޤްތިސާދީ، އިޖްތިމާޢީ ސިވިލް ސަރވިސްގެ ކަންކަން ރޭވި ހިނގާގޮތުގެ މަޢުލޫމާތާއި، ޗައިނާގެ ތަރައްޤީއާބެހޭ މަޢުލޫމާތު ދިނުން ހިމެނިފައިވެއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307