މަދަނީ އިޖުރާއަތުގެ ބިލާއި ގުޅޭގޮތުން ކޮމިޝަނުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

18 ޖުލައި 2019



ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ބިލު އެކުލަވާލުމުގެ މަސައްކަތް ފެށުމުގެ ގޮތުން، އެޓަރނީ ޖެނެރަލް އޮފީހުން އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.÷ޕީ) ގެ އެހީއާއެކު، އައްޔަނުކޮށްފައިވާ ކޮންސަލްޓަންޓް މިސްޓަރ އިމެނުއެލް ގިންޝާޑް އާއި ކޮމިޝަނުގެ މެންބަރުން މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު ކޮމިޝަނުގައި އޮތް މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އެވެ. މިސްޓަރ އިމެނުއެލް ގިންޝާޑް އަކީ އިނގިރޭސިވިލާތުގެ ނޮދަމްބްރިއާ ޔުނިވަރސިޓީގެ ލޯ ސްކޫލްގައި ސީނިއަރ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވަމުންގެންދަވާ ފަރަންސޭސިވިލާތުގެ ބޭފުޅެކެވެ.
މިއަދުގެ މި ބައްދަލުވުމުގެ މަޤްސަދަކީ މަދަނީ އިޖުރާއަތުގެ ބިލު އެކުލަވާލެއްވުމަށްޓަކައި، ދިވެހިރާއްޖޭގައި މިހާރު އަމަލުކުރެވޭ ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް ދިރާސާކުރެއްވުމަށާއި، ކަމާ ބެހޭ މުއައްސަސާތަކާއި ވަކީލުންނާއި އަދި ޖަމްޢިއްޔާތަކާއި ބައްދަލުކުރައްވަމުން ގެންދަވާތީ ބޭއްވި ބައްދަލުވުމެކެވެ. މި މަޝްވަރާ ބައްދަލުވުމުގައި މިސްޓަރ އިމެނުއަލް ގިންޝާޑް ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާ ކޮމިޝަނުގެ ޤާނޫނާއި ޤަވާއިދުތަކާއި އަދި އުސޫލުތަކާއި ބެހޭގޮތުން ސުވާލުކޮށް މަޢުލޫމާތު އޮޅުންފިލުވައި ހިއްސާކުރައްވާފައެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް