27 އޯގަސްޓް 2019
ޗައިނާގައި މުވައްޒަފުންނަށް ތަމްރީނުދީ، ޤާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާ ކަމުގައިވާ "ޖިއަންޒީ ކޮލެޖް އޮފް ފޮރިން ސްޓަޑީސް" ގެ ފަރާތުން ދެއްވި ދައުވަތަކަށް ދިވެހި ސިވިލް ސަރވިސްގެ ފޭސް 2 ގެ ބައިވެރިން ތިން ހަފްތާގެ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރައްވައިފިއެވެ. އޮގަސްޓު މަހުގެ 06 އިން އޮގަސްޓު 26 އަށް ޗައިނާގެ ނަންޗެންގް ސިޓީގެ ބޭއްވުނު ސަރުކާރުގެ އިދާރީ ހިންގުމާއިބެހޭ މި ސެމިނަރގައި ސިވިލް ސަރވިސްގެ އެކި އެކި އިދާރާތަކުން ހޮވާލެވުނު 30 މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މީގެ ތެރެއިން 21 ބައިވެރިންނަކީ މާލެއިން ބޭރުގައި އަތޮޅުތެރޭގެ ރަށްތަކުގައި މަސައްކަތް ކުރަމުންގެންދާ ސިވިލް ސަރވަންޓުންނެވެ.
މި ސެމިނަރގައި ޗައިނާގެ ސިވިލް ސަރވިސްއާ ބެހޭގޮތުންނާއި، ޗައިނާއަށް ތަރައްޤީ ގެނެވުނު ގޮތާއި، އަދި ޗައިނާގައި ކާމިޔާބު ކަމާއެކު ހިނގާ އިޤްތިޞާދީ، އިޖްތިމާޢީ، އަދި ސިޔާސީ ސިޔާސަތުތަކާ ބެހޭގޮތުން ވަނީ ދިވެހި ސިވިލް ސަރވަންޓުންނަށް މަޢުލޫމާތުދެއްވާފައެވެ. އަދި ޗައިނާގެ އެކިއެކި ދާއިރާތަކުން ޕްރޮފެސަރުންނާއި އަދި އެކި ދާއިރާތަކުގެ ތަޖްރިބާ ލިބިވަޑައިގެންފައިވާ ޖުމްލަ 14 ބޭފުޅެއްގެ ލެކްޗަރތައް ވެސް ހިމެނިފައިވެއެވެ. މީގެ އިތުރުން މި ދަތުރުގައި، ޗައިނާގެ ތިން ސިޓީއެއްގެ ޖުމްލަ 7 ތަނަކަށް ޒިޔާރަތްކޮށް ޗައިނާގެ ތަރައްޤީގެ ކަންކަން ބަލާލުމުގެ ފުރުޞަތުދިނުމާއި ޗައިނާގެ ޘަޤާފަތާ ބެހޭ ކަންކަމުގެ މަޢުލޫމާތު ދަތުރުގެ ބައިވެރިންނާ ވަނީ ހިއްޞާކޮށްފައެވެ. ދަތުރުގެ ބައިވެރިން ފާހަގަކުރައްވާގޮތުގައި، މި ދަތުރުން، ޗައިނާގެ ސިވިލް ސަރވިސް ބިނާކުރުމަށް އެ ޤައުމުން ގެންގުޅެފައިވާ ސިޔާސަތުތަކަށް ބަލާ ރާއްޖޭގެ ސިވިލް ސަރވިސް ތަރައްޤީކުރުމަށް ބިނާކުރަނިވި ޚިޔާލުތަކެއް ލިބިގެންދިޔައެވެ.
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މި ލިބުނު ތަމްރީނު ޕްރޮގްރާމުފަދަ ޕްރޮގްރާމްތަކަށް ޗައިނާ ސަރުކާރުން ފަހަކަށް އައިސް އަހަރަކު 2 ފަހަރު ސިވިލް ސަރވިސްއަށް ފުރުޞަތު ދެއްވައެވެ. މި އަހަރުގެ މިހާތަނަށްވެސް 2 ފުރުސަތު ވަނީ ދެއްވާފައެވެ. މިއީ ސިވިލް ސަރވިސް ކޮމިޝަނާއި ޗައިނާ ސަރުކާރާ ދެމެދު ސިވިލް ސަރވިސްގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސޮއިކުރެވިފައިވާ ފަހުމު ނާމާއެއްގެ ދަށުން ލިބެމުންދާ ފުރުޞަތުތަކެކެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026