20 އޯގަސްޓް 2019
ދެ ދުވަހުގެ ރަސްމީ ޒިޔާރަތެއް ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) ގެ ވަފުދު މިއަދު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓަށް ޒިޔާރަތްކުރައްވަވައިފިއެވެ. އެބޭފުޅުންނަށް ސީ.އެސް.ޓީ.އައި އިން މަރުޙަބާ ވިދާޅުވެ އިސްތިޤްބާލު ކުރެއްވެވީ އެ އިންސްޓިޓިއުޓްގެ ޑިރެކްޓަރ ފާތިމަތު ހަބީބާއެވެ. މި ޒިޔާރަތުގައި ސީ.އެސް.ޓީ.އައި ގެ ކުލާސްތަކާއި، ދެމުންދާ ޚިދުމަތްތައް ހުރިނެތްގޮތް ބައްލަވާލައްވަވައި އަދި އިންސްޓިޓިއުޓްގެ ކެޕޭސިޓީ (ޤާބިލުކަން) އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ. އަދި ސިވިލް ސަރވިސް ގެ ކަންތައްތައް 2 ގައުމުގެ ދެމެދުގައި ރޭވި ހިނގޭގޮތާއި، ސިވިލް ސަރވިސް ކުރިއެރުވުމަށްކުރެވޭ މަސައްކަތާއި ގުޅޭ ގޮތުން މަޢުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.
އެން.ސީ.ޖީ.ޖީ ގެ ފަރާތުން ރާއްޖެއަށް ވަޑައިގެންނެވި ދެ ބޭފުޅުންނަކީ ޑިޕާރޓްމަންޓް އޮފް އެޑްމިނިސްޓްރޭޓިވް ރިފޯރމްސް އެންޑް ޕަބްލިކް ގްރީވެންސަސް ގެ އެޑިޝަނަލް ސެކްރެޓަރީ، ޝްރީ ވީ. ސްރީނިވަސް އާއި އެން.ސީ.ޖީ.ޖީ ގެ އެސޯސިއޭޓް ޕްރޮފެސަރ ޕޫނަމް ސިންގް އެވެ.
ސީ.އެސް.ޓީ.އައި އަށް ކުރެއްވި ޒިޔާރަތުގައި ހެޑް އޮފް ޑެލިގޭޝަން، ޝްރީ ވީ. ސްރީނިވަސް ވަނީ ލެކްޗަރ އެއް ކުރިޔަށް ގެންގޮސްދެއްވާފައެވެ. " އެތިކްސް އެންޑް އެކައުންޓަބިލިޓީ އިން ގަވަރނަންސް އެންޑް ރެޑްރެސަލް އޮފް ޕަބްލިކް ގްރީވަންސަސް- ދަ އިންޑިއަން އެކްސްޕީރިއެންސް" މައުޟޫއުގެ މައްޗަށް ބިނާކޮށްގެން ކުރިޔަށް ގެންދެވުނު މި ލެކްޗަރ ގައި ޕަރމަނަންޓް ސެކްރެޓަރީންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރީން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއަދުގެ މި ލެކްޗަރ ގައި ރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ސަންޖޭ ސުދިރް އާއި ކޮމިޝަނުގެ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ދަތުރު ނިންމަވާލެއްވުމަށްފަހު މި ވަފުދު މާދަމާ ހެނދުނު އިންޑިއާ އަށް ފުރުއްވުމަށްވަނީ ހަމަޖެހިފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026