އިލެކްޝަންސް ކޮމިޝަނުން ސިވިލް ސަރވިސް ކޮމިޝަނާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

12 ޖަނަވަރީ 2020



ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އާއި ގުޅިގެން ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުން ފޯކަލް ޕޮއިންޓުން އަދި އެހީތެރިން ހަމަޖެއްސުމާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަނުން ސިވިލް ސަރވިސް ކޮމިޝަނާއި ބައްދަލުކުރައްވަވާ މަޝްވަރާކުރައްވައިފިއެވެ.
މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު މި ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަނުގެ ރައީސް އަލްފާޟިލް އަޙުމަދު ޝަރީފްގެ އިތުރުން އެ ކޮމިޝަނުގެ މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ހުންނެވީ ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސް އަލްފާޟިލް ޝަހީދު މުހައްމަދު އަދި ކޮމިޝަނުގެ މެންބަރު އަލްފާޟިލާ ފާތިމަތު އާމިރާއެވެ.
މިއަދުގެ މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ވަނީ މި ލޯކަލް ކައުންސިލްގެ އިންތިހާބުގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ދަންނަވާފައެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް