ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) ގެ ދެބޭފުޅުންގެ ވަފުދެއް މިއަދު ހަވީރު ރާއްޖެއަށް ވަޑައިގަންނަވައިފިއެވެ. މި ދެ ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯރޓް އިން އިސްތިޤްބާލު ކުރައްވަވައި މަރުޙަބާ ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އެވެ. މި އޮގަސްޓު މަހުގެ 18އިން 20 އަށް ރާއްޖެއަށް ކުރައްވަވާ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑު ވަޒީރު ހިޒް އެކްސަލަންސީ ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސިވިލް ސަރވިސް ކޮމިޝަނާއި ނޭޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.އެސް.ޖީ.ޖީ) އާ އެކު ސޮއިކުރެވުނު ފަހުމުނާމާއާ ގުޅޭ ރަސްމީ މަޝްވަރާތައްކުރެއްވުމަށެވެ.އެން.ސީ.ޖީ.ޖީ އަކީ އިންޑިއާގެ އިސް މަޤާމުތަކުގައި މަސައްކަތްކުރާ ސިވިލް ސަރވަންޓުން ތާޒާކޮށް މަސައްކަތުގެ ޤާބިލުކަން އިތުރުކުރުމަށް ފުޅާދާއިރާގައި ތަމްރީނު ހިންގާ މަރުކަޒެވެ.
އެން.ސީ.ޖީ.ޖީ ގެ ފަރާތުން މިއަދު ރާއްޖެއަށް ވަޑައިގެންނެވި ދެ ބޭފުޅުންނަކީ ޑިޕާރޓްމަންޓް އޮފް އެޑްމިނިސްޓްރޭޓިވް ރިފޯރމްސް އެންޑް ޕަބްލިކް ގްރީވެންސަސް ގެ އެޑިޝަނަލް ސެކްރެޓަރީ، ޝްރީ ވީ. ސްރީނިވަސް އާއި އެން.ސީ.ޖީ.ޖީ ގެ އެސޯސިއޭޓް ޕްރޮފެސަރ ޕޫނަމް ސިންގް އެވެ. މި ދަތުރުފުޅުގައި މި ބޭފުޅުން ރައީސުލްޖުމްހުރިއްޔާގެ ނައިބުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވަން ވަނީ ހަމަޖެހިފައިއެވެ. އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގައި ޕަރމަނަންޓް ސެކްރެޓަރީންނަށާއި ސިވިލް ސަރވިސް ގެ އެކި އިދާރާތަކުގެ އިސްވެރިންނަށް ލެކްޗަރ އެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026