17 އޯގަސްޓް 2019
މި އޮގަސްޓު މަހުގެ 5 އިން އޮގަސްޓު 26 އަށް ޗައިނާގެ ނަންޗެންގް ސިޓީގައި ކުރިއަށް ގެންދަމުންދާ ޕަބްލިކް މެނޭޖްމަންޓް ސެމިނަރ ގައި ބައިވެރިވަމުންގެންދާ ފޭސް 2 ގެ ބައިވެރިން ތަމްރީނުތައް ހާސިލުކުރަމުން އެބަގެންދެއެވެ. ޗައިނާގެ ސަރުކާރުން ހުރިހާ ޚަރަދެއް ދެއްވައިގެން ކުރިއަށްގެންދާ މި ސެމިނާރގެ ބައިވެރިންނަށް ވަނީ ޗައިނާގެ ތަރައްޤީގެ ސިޔާސަތު ކުރިޔަށްގެންދެވޭ ގޮތާއި، ސަރުކާރުގެ އިދާރީ ހިންގުމާއި އޮނިގަނޑު ރުކުރުވާލެވި ހިންގޭގޮތާއި، އިޤްތިސާދީ ސިޔާސަތު ގެންދެވޭ ގޮތާއި އަދި ޗައިނާގެ މުއްސަދި ޘަޤާފަތާއި އާސާރީ ތަންތަން ދެނެގަނެ ބަލާލުމުގެ ފުރުސަތުވެސް ލިބިގެންގޮސްފައެވެ. އަދި މި ސެމިނަރ އަކީ ރާއްޖެފަދަ ތަރައްޤީވުމަށް މަސައްކަތްކުރާ ޤައުމެއްގެ ސިވިލް ސަރވަންޓުންނަށް ތަފާތު ދާއިރާތަކުން މަޢުލޫމާތާއި ތަޖުރިބާ ހިއްސާކޮށްލުމަށް ލިބިފައިވާ ފުރުސަތެކެވެ.
މި ސެމިނަރ ގެ ބައިވެރިންނަށް ވަނީ ޗައިނާގެ މުއްސަނދި ސަޤާފަތް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންގޮސްފައެވެ. އެގޮތުން ޗައިނާގެ ޝެންގްރާއޯ ސިޓީ އަށާއި ވޫޔުއަން ކިޔާ އަވަށަކަށްވެސް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މި ޒިޔާރަތުގައި ސިލްކް އަދި މުށި ތައްޔާރުކުރާ ކާރުހާނާތަކަށާއި ސައިފަތް ހައްދާ ދަނޑުތަކަށްގޮސް އަމަލީ ގޮތުން ބައިވެރިވެ އެތަންތަނުގެ ތަޖުރިބާ ވެސް ވަނީ މި ބައިވެރިންނަށް ލިބިފައެވެ. މި ބައިވެރިން ކުރިއަށްއޮތް ދުވަސްތަކުގައި ޗައިނާގެ މަޝްހޫރު ސިޓީ ތަކަށާއި ބިނާތަކަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ޗައިނާ އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ސިވިލް ސަރވިސްގެ ދާއިރާ ތަހުޤީގުކޮށް ޤާބިލުކަން އިތުރުކުރުމަށް ދެ ފަރާތު ދެމެދުގައި އެއްބާރުލުން ދިނުމުގެ ގޮތުން 2018 ވަނަ އަހަރުން ފެށިގެން އެކުލަވާލެވިފައިވާ ފަހުމުނާމާއެއްގެ ދަށުން ޗައިނާގެ ސަރުކާރުން އިންތިޒާމުކޮށް ބާއްވާދެމުން ސެމިނަރ އެކެވެ. މި އަހަރުގެ މިހާތަނަށް ވަނީ ޖުމްލަ 60 ސިވިލް ސަރވަންޓުން މި ސެމިނަރގައި ބައިވެރިވެފައެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ 22 ން މި އޮގަސްޓު މަހުގެ 11 އަށް ވަނީ މި އަހަރުގެ ފުރަތަމަ ބެޗް މި ސެމިނަރގެ ތަޖްރިބާ ހާސިލުކުރުމަށްފަހު ރާއްޖެއަށް އައިސްފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026