ޗައިނާގެ ސަރުކާރުން ހުރިހާ ހަރަދެއް ދެއްވަވައިގެން ކުރިއަށް ގެންދާ "ސެމިނަރ އޮފް ޕަބްލިކް މެނޭޖްމަންޓް ފޯރ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވްސް" ސެމިނަރގައި ބައިވެރިވާ ފޭސް 2 ގެ ބައިވެރިން މިހާރު ޗައިނާގައި ތަޖްރިބާ ހާސިލުކުރަމުން އެބަގެންދެއެވެ. 30 ސިވިލް ސަރވަންޓުންނާއެކު މި އޯގަސްޓު މަހުގެ 6 ން 26 އަށް ޗައިނާގެ ނަންޗެންގް ސިޓީ ގައި ކުރިއަށްގެންދާ މި ސެމިނަރގައި މިއަދު އޮތީ އޯޕަނިންގ ސެރަމަނީ އެވެ. މި ބައިވެރިންނަށް ތަމްރީނާއި މަޢުލޫމާތު ދެވޭ ދާއިރާތަކުގެ ތެރޭގައި، ޗައިނާގެ ސިވިލް ސަރވިސް ހިނގާގޮތާއި ޗައިނާގައި އިޤްތިޞާދީ ކަންކަން ހިނގާގޮތައި ޚާރިޖީ ގުޅުންތައް ކުރިޔަށްގެންދެވޭގޮތުގެ މައުލޫމާތު ހިމެނެއެވެ. މީގެ އިތުރުން ޗައިނާގެ ތަރައްޤީކުރިޔަށްގެންދެވޭ ގޮތާއި އިޤްޠިސާދީ ބޮޑެތި މަޝްރޫއުތަކުގެ މައުލޫމާތާއި ތަޖްރިބާ ހިއްސާކުރުން ވެސް މި ޕްރޮގްރާމުގައި ހިމެނެއެވެ.
ޗައިނާގައި ތަމްރީނު ފުރިހަމަކުރަމުންދާ ދިވެހި ސިވިލް ސަރވިސްގެ ވަފުދަށް ޗައިނާގެ ޘަޤާފަތާއި އުމްރާނީ ކުރިއެރުންތައް ބަލާލާ ތަޖްރިބާކޮށްލުމުގެ ފުރުޞަތާއި އަދި ޗައިނާގެ މަޝްހޫރު ބައެއް ތަންތަނާއި އިޖްތިމާއީ ޚިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ޖިއަންޒީ ކޮލެޖް އޮފް ފޮރިން ސްޓަޑީސްގެ ފަރާތުން ވަނީ ފަހިކޮށްދީފައެވެ. މި ތަމްރީނަކީ މި އެކަޑަމީގެ ފަރާތުން މުވައްޒަފުން ތަމްރީނުކުރުމަށް މިއަހަރު ބާއްވާ 2 ވަނަ ޕްރޮގްރާމެވެ. އެހެންކަމުން މި އަހަރު 60 ސިވިލް ސަރވަންޓުންނަށް މި ފުރުސަތު ވަނީ ލިބިގެންގޮސްފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026