05 އޯގަސްޓް 2019
ދިވެހި ސިވިލް ސަރވިސްގެ 30 މުވައްޒަފުން ޗައިނާގެ ޝެންޙާއީ ސިޓީއަށް ދަތުރުކުރައްވައިފިއެވެ. މިދިޔަ ޖުލައި މަހުގެ 22 ން ފަށައިގެން މި އޯގަސްޓު މަހުގެ 11 ގެ ނިޔަލަށް ކުރިއަށް ގެންދާ ސެމިނަރ އޮފް ޕަބްލިކް މެނޭޖްމަންޓް ފޯރ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވްސް ސެމިނަރގައި ބައިވެރިވާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންދަނީ އުމްރާނީގޮތުން ޗައިނާ ހޯދާފައިވާ ކުރިއެރުންތަކައި މުއްސަނދި ޘަޤާފަތް ބަލާލައި ތަޖުރިބާ ހިއްސާކުރުމުގެގޮތުން މަޝްހޫރު ބިނާތަކާއި ތަންތަނަށް ޒިޔާރަތްކުރަމުންނެވެ. އެގޮތުން ޝެންޙާއީ ގައި ހުންނަ އޯސްޓްރޭލިއަން ނެޝަނަލް އެމްޕޯރިޔަމް އާއި ޝެންޙާއީ ފްރީޓްރޭޑް ޒޯން އަށް ވެސް ވަނީ ޒިޔާރަތްކޮށް އެތަނުގައި މަސައްކަތްތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު މި ބައިވެރިންނަށް އަރުވާފައެވެ. މި ސެމިނަރ ގެ ބައިވެރިން މާދަމާ ބެއިޖިންގ އަށް ދަތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026