04 އޯގަސްޓް 2019
މި އޯގަސްޓު މަހުގެ 06 އިން އޯގަސްޓް 26 އަށް ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަރުކާރުގެ އިދާރީ ހިންގުމާއިބެހޭ ސެމިނަރގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ އެކި އެކި އިދާރާތަކުން ހޮވާލެވުނު މުވައްޒަފުންނާއި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް މިއަދު ބައްދަލުކުރައްވައިފިއެވެ. މި ސެމިނަރއަކީ ޗައިނާގައި ސިވިލް ސަރވަންޓުން ތަމްރީނުކުރާ މަރުކަޒުކަމުގައިވާ ޖިއަންޒީ ކޮލެޖް އޮފް ފޮރިން ސްޓަޑީސްގެއިން ރާވައި އިންތިޒާމުކޮށްދިން ސެމިނަރއެކެވެ. މިއީ މި އަހަރު ބާއްވާ މިފަދަ 2 ވަނަ ސެމިނަރއެވެ.
މި ސެމިނަރގައި މިފަހަރު 30 މުވައްޒަފުން ބައިވެރިވެވަޑައިގަންނަވާއިރު 21 ސިވިލް ސަރވަންޓުންނަކީ މާލެއިން ބޭރުގައި އަތޮޅުތެރޭގެ ރަށްތަކުގައި މަސައްކަތް ކުރަމުންގެންދާ ސިވިލް ސަރވަންޓުންނެވެ. ކޮމިޝަނުގެ ރައީސް ޓީމުގެ ބޭފުޅުންނާއި ބައްދަލުކުރައްވަވައި، އެ ބޭފުޅުން މި ސެމިނަރގައި ބައިވެރިވެ ވަޑައިގަތުމަށް ހޮވުނީތީ މަރުޙަބާ ވިދާޅުވެ ކާމިޔާބު އަދި ނިޔާމަދަތުރަކަށް ވުމަށް އެދިވަޑައިގަތެވެ. އަދި މި ސެމިނަރ އަށް ތައްޔާރުވެ ވަޑައިގަތުމުގެ ގޮތުން ސަމާލުކަން ދެއްވަންވީ ކަންކަމާއި، އަދި ސެމިނަރގެ ބޭނުން ފުރިހަމައަށް ހިއްޕެވުމަށްޓަކައި ސަމާލުވެވަޑައިގަންނަވަންވީ ކަންކަމުގެ މަޢުލޫމާތު ބައިވެރިންނާއި ހިއްސާކުރެއްވެވިއެވެ. މި ވަފުދުގެ އިސްފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވަނީ މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ހައްވާ ނަޒްލާ އެވެ.
ސެމިނަރ އޮން ޕަބްލިކް އެޑްމިނިސްޓްރޭޝަން ފޯ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވްސް' ގެ ނަމުގައި މި ސެމިނަރގައި ޗައިނާގެ ސަރުކާރު ރޭވި ހިނގާގޮތުގެ މައްޗަށާއި، ޝަރުޢީ އަދި އިޤްތިސާދީ، އިޖްތިމާޢީ ސިވިލް ސަރވިސްގެ ކަންކަން ރޭވި ހިނގާގޮތުގެ މަޢުލޫމާތާއި، ޗައިނާގެ ތަރައްޤީއާބެހޭ މަޢުލޫމާތު ދިނުން ހިމެނިފައިވެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026