ޕަބްލިކް މެނޭޖުމަންޓް އާ ބެހޭ ސެމިނަރ ގައި ޗައިނާގެ ތަޖުރިބާތަކެއް ހިއްސާކޮށްފި

01 އޯގަސްޓް 2019



ދިވެހި ސިވިލް ސަރވިސްގެ 30 މުވައްޒަފުން ޗައިނާގެ ނަންޗެންގ ސިޓީގައި ސިވިލް ސަރވިސް ހިންގުމުގައި ރަގަޅު ނަތީޖާ ނެރުމަށް ކަންކުރެވިދާނެ މޮޅުގޮތްތައް ދެނެގަތުމުގެ ތަމްރީނުތަކާއިގެން މިހާރުދަނީ ކުރިއަށްގެންދެމުންނެވެ. މި ތަމްރީނު ސެމިނަރއަކީ ޗައިނާގެ ސަރުކާރުން ހުރިހާ ޚަރަދެއް ދެއްވައިގެން އެތަނުގެ މިނިސްޓްރީ އޮފް އިކޮނޮމިކުގެ ފަރާތުން އިންތިޒާމުކޮށް ރާވާފައިވާ ސެމިނަރއެކެވެ.
މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހާސިލުކުރުމުގެ އިތުރުން މި ސެމިނަރގެ ތެރޭގައި ޗައިނާގެ އިޤުތިޞާދީ ބޮޑު މަޝްރޫޢުތަކާއި ގުޅޭގޮތުންނާއި އަދި ފަންނުވެރި ތަމްރީނުތައް ދިނުމުގެ އިތުރުން މި ސެމިނަރގައި ބައިވެރިވާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންދަނީ އުމްރާނީގޮތުން ޗައިނާ ހޯދާފައިވާ ކުރިއެރުންތަކައި މުއްސަނދި ޘަޤާފަތް ބަލާލައި ތަޖުރިބާ ހިއްސާކުރުމުގެގޮތުން މަޝްހޫރު ބިނާތަކާއި ތަންތަނަށް ޒިޔާރަތްކުރަމުންނެވެ. އެގޮތުން ނަންޗެންގ ސިޓީގައި ހުންނަ މަޝްހޫރު ބައެއް އިމާރަތްތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ.
އެގޮތުން ނަންޗެންގ ގެ ނޭޝަނަލް ހައި ޓެކް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ޒޯން އާއި ނަންޗެންގ 101 އިންޓެލިޖެންޓް ބިލްޑިންގ އަށް ވެސް ޒިޔާރަތްކޮށް އެތަންތަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ ބައިވެރިންނާ ތަޖްރިބާ ހިއްސާކުރައްވާފައެވެ. އަދި ޗައިނާގެ ޕޯރކްލެއިން ސިޓީ ގެ ގޮތުން މަޝްހޫރު ވެފައި ހުންނަ ޖިންގްޒެން ސިޓީ އަށް ވެސް ބައިވެރިން ވަނީ ޒިޔާރަތްކޮށް އެ އަވަށު މީހުން މުށި ބޭނުންކޮށްގެން ތައްޔާރުކުރާ އެއްޗިސް ތައްޔާރުކުރާ ގޮތް ބަލައިލުމުގެ ފުރުސަތު ލިބިގެންގޮސްފައިވެއެވެ. އަދި ޗައިނާގެ އެންމެ ރީތި އަވަށެއް ކަމުގައިވާ ވޫޔުއާން ސިޓީ އަށްވެސް ވަނީ ޒިޔާރަތްކޮށްފައެވެ. ބައިވެރިން ބަޔާންކުރާގޮތުގައި މި ސެމިނަރއަކީ ވަރަށް ކާމިޔާބު އެތަކެއް މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރެވެމުން އަންނަ ރަނގަޅު ސެމިނަރ އެކެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް