ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރަމުން އަންނަ ޑިމޮކްރަސީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން " ޑިމޮކްރެސީ ރަން 2019" ގެ ނަމުގައި ބޭއްވި ދުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ބައިވެރިވެވަޑައިގެންފިއެވެ. މި ގޮތުން ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އިސްކޮށް މި ދުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި މިއަދު ހެނދުނު 06:30 އިން 09:00 އަށް ކުރިއަށް ގެންދެވުނު މި ދުވުމުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ސަރުކާރުގެ އޮފީސްތަކުގެ އިތުރުން އާންމުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޑިމޮކްރަސީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިލެކްޝަން ކޮމިޝަނުން އަންނަނީ ކޮންމެ އަހަރަކުވެސް “ޑިމޮކްރަސީ ރަން” ބާއްވަމުންނެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026