13 ސެޕްޓެމްބަރ 2019
އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (ނިއުދިއްލީ) ގައި މި ސެޕްޓެންބަރު މަހުގެ 16 އިން 28 އަށް ބާއްވާ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ދިވެހި ސިވިލް ސަރވިސްގެ އެކި އެކި އިދާރާތަކުން ހޮވާލެވުނު 29 މުވައްޒަފުންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް މިއަދު ކޮމިޝަނުގައި ބައްދަލުކުރައްވައިފިއެވެ.
"ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި ކުރިއަށް ދާ މި ތަމްރީނަކީ އަކީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް އަދި ސިވިލް ސަރވިސްގެ ދާއިރާގައި އިންޑިއާގެ ތަޖްރިބާ ހިއްސާކުރުމުގެ ގޮތުން ބޭއްވޭ 2 ހަފްތާގެ ތަމްރީނެކެވެ. މި ތަމްރީނަކީ ދާދިފަހުން އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ މިސްޓަރ ނަރެންދަރު މޯދީ ރާއްޖެއަށް ކުރެއްވެވި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ސެންޓަރ ފޯރ ގުޑް ގަވަރނަންސް އާއި ސިވިލް ސަރވިސް ކޮމިޝަނާއި ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން އިންތިޒާމުކުރެވޭ ފުރަތަމަ ތަމްރީނު ބުރެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށްއޮތް 5 އަހަރުގެ ތެރޭގައި ދިވެހި ސިވިލް ސަރވިސްގެ 1000 މުވައްޒަފުންނަށް ހުރިހާ ޚަރަދަކާއެކު ތަފާތު ދާއިރާތަކުން އިންޑިއާގައި ތަމްރީނުވުމުގެ ލިބޭނެއެވެ. މާދަމާ އިންޑިއާގެ ދިއްލީ އަށް ފުރާ ފުރަތަމަ ބުރުގެ ބައިވެރިންނާއި ކޮމިޝަނުގެ ރައީސް މިއަދު ބައްދަލުކުރައްވަވައި މި ތަމްރީނުގެ މުހިންމުކަމާއި އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުމުގެ މައްޗަށް މަޢުލޫމާތު ހިއްސާކުރެއްވެވިއެވއަދި މި ބުރުގައި ހޮވުނު ބައިވެރިންނަށް މަރުޙަބާ ވިދާޅުވެ ކާމިޔާބު އަދި ނިޔާމަދަތުރަކަށް ވުމަށް ވެސް އެދިވަޑައިގަތެވެ. އަދި މި ތަމްރީނަށް ތައްޔާރުވެ ވަޑައިގަތުމުގެ ގޮތުން ބައިވެރިން ސަމާލުކަން ދެއްވަންވީ ކަންކަމާއި، އަދި ތަމްރީނުގެ ބޭނުން ފުރިހަމައަށް ހިއްޕެވުމަށްޓަކައި އަމަލުކުރައްވަވާނެ ގޮތުގެ މަޢުލޫމާތު ބައިވެރިންނާއި ހިއްސާކުރެއްވެވިއެވެ. މީގެއިތުރުން މި ތަމްރީނު ޕްރޮގްރާމުގެ ބޭނުން ރަނގަޅަށް ހިއްޕަވައި، އިންޑިއާ އާ ދިވެހި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވިއެވެ.
އިންޑިއާގެ ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓްރެއިނިންގް ޕްރޮގްރާމްގައި ބައިވެރިވާ ސިވިލް ސަރވިސްގެ ޓީމު 14 ސެޕްޓެންބަރު 2019 ވާ ހޮނިހިރު ދުވަހުގެ ހެނދުނު ފުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބުރުގެ ބައިވެރިންނާއެކު އިސް ބޭފުޅެއްގެ ގޮތުން ވަޑައިގަންނަވާނީ ކޮމިޝަނުގެ މެންބަރު ފާތިމަތު އާމިރާ އެވެ. މި ބުރުގެ އެންމެ ފަހު ހަފްތާގައި ކޮމިޝަނުގެ ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026