09 ސެޕްޓެމްބަރ 2019
އެޓަރނީ ޖެނެރަލް އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީކަމުގެ މަޤާމަށް އަލްފާޟިލް އަޙުމަދު ޝިޔާޢު މިއަދު ސިވިލް ސަރވިސް ކޮމިޝަނުން އައްޔަންކޮށްފިއެވެ. އަލްފާޟިލް އަޙުމަދު ޝިޔާޢު ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަންކުރެއްވެވީ، މިކަމަށް މިއަދު އެޓަރނީ ޖެނެރަލް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވެވީ އެޓަރނީ ޖެނެރަލް އޮފީހުގެ ބަންޑާރަނައިބު އަލްއުސްތާޛު އިބްރާހިމް ރިފްޢަތު އެވެ.
އަލްފާޟިލް އަޙުމަދު ޝިޔާއު ވަނީ އޯޕަން ޔުނިވަރސިޓީ އޮފް މެލޭޝިޔާ އިން މާސްޓަރ އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވަވައި އަދި އޭގެ އިތުރުން ވިލާ ކޮލެޖުން ޑިޕްލޮމާ އިން ބިޒިނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ. އެބޭފުޅާއަކީ ސަރުކާރާއި އަމިއްލަ މުއައްސަސާތައް ހިމެނޭ ގޮތަށް ތަފާތު ގިނަ ދާއިރާތަކެއްގައި މަސައްކަތް ކުރެއްވުމުގެ ތެރެއިން އިދާރީ އަދި އިންސާނީ ވަސީލަތްތަކާ ބެހޭ ބައިތަކުން ތަޖްރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
އެގޮތުން ބަލާލާއިރު މިނިސްޓްރީ އޮފް ޑިފެންސްގެ ޑިރެކްޓަރ ކަމާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑިރެކްޓަރ ކަމާއި، އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރ އެޑްމިނިސްޓްރޭޝަން ކަމާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އެޑްމިނިސްޓްރޭޓަރ ކަމާއި، އަދި ސްޓާ ޕަބްލިކޭޝަންސް ޕްރައިވެޓް ލިމިޓެޑްގެ އެޑްމިނިސްޓްރޭޓަރ ކަންވެސް ވަނީ ކުރައްވާފައެވެ. މިގޮތުން 13 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތު ތަޖްރިބާ ހާޞިލް ކުރައްވަވާފައިވެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026