ޕާކިސްތާނު އެމްބަސީ އިން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް އިކުޕްމެންޓްތަކެއް ހަދިޔާ ކުރައްވައިފި

07 ޖަނަވަރީ 2020



ޕާކިސްތާނު އެމްބަސީ އިން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް އޮފީސް އިކިއުޕްމެންޓްތަކެއް ހަދިޔާ ކުރައްވައިފިއެވެ. މި އިކިއުޕްމެންޓްތައް ޕާކިސްތާނުގެ ފަރާތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ހަދިޔާކުރެއްވެވީ ޕާކިސްތާނުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔާރޑް) މިސްޓަރ ވަސީމް އަކުރަމް އެވެ. މިއަދު ސީ.އެސް.ޓީ.އައި އަށް ހަދިޔާ ކުރެއްވީ 10 ޑެސްކްޓޮޕާއި، 5 ލެޕްޓޮޕް، 6 އެއަރ ކޮންޑިޝަނަރސް ގެ އިތުުރުން 3 ޕްރޮޖެކްޓަރެވެ. އަދި މި އަހަރުގެ މެދު ތެރޭގައި ސީ.އެސް.ޓީ.އައި އަށް ކާޕެޓްތަށްވެސް ހަދިޔާކުރުމަށްވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ވަނީ ޕާކިސްތާނު ސަރުކާރާއި ޕާކިސްތާނު އެމްބަސީއިން ސިވިލް ސަރވިސް ކޮމިޝަނާއެކު ބާއްވަވާ ގާތްގުޅުން ފާހަގަކުރައްވައި އެކަމަށްޓަކައި ޕާކިސްތާނު ސަރުކާރަށާއި ސަފީރަށް ޝުކުރު އަދާކުރައްވަވާފައެވެ. އަދި މިއަދު މި ހަދިޔާ ކުރެވުނު ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ސީ.އެސް.ޓީ.އައިގެ ޚިދުމަތްތައް އަތޮޅުތަކަށް ވަރަށްބޮޑަށް ފުޅާކުރެވިގެންދާނެކަމަށާއި އަދި މިއީ ތަމްރީނުތަކަށް ވަރަށް ބޭނުންތެރި އަދި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޕާކިސްތާން އެމްބަސީ އިން ވަނީ 2017 ގައިވެސް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް 2 ސްމާރޓްބޯޑް ހަދިޔާކުރައްވަވާފައެވެ.
ޕާކިސްތާނުގެ ސަފީރުގެ ވާހަކަފުޅުގައި ސިވިލް ސަރވިސް ކޮމިޝަނާއި ޕާކިސްތާނާއި އޮންނަ ގާތް ގުޅުން ފާހަނގަކޮށް ވާހަކަފުޅުދެއްކެވެވިއެވެ. އަދި ޕާކިސްތާނުގެ ސަފީރު ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ 5 ބޭފުޅަކަށް ޕާކިސްތާނަށް ވަޑައިގެންނެވުމަށް ވަނީ ދައުވަތުއަރުވާފައެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް