ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނާއެކު މަޝްވަރާކުރައްވައިފި

02 ސެޕްޓެމްބަރ 2019



ދިވެހި ސިވިލް ސަރވިސްގެ ބައެއްކަންކަން ކޮޅުމަޑުލު އަތޮޅު ކައުންސިލްއިން ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރެވިދާނެގޮތްތަކާ ގުޅޭގޮތުން މިއަދު ކައުންސިލްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތް ކުރައްވަވައި ކޮމިޝަނުގެ މެންބަރުންނާއި އެކު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ ކޮޅުމަޑުލު އަތޮޅު ކައުންސިލް އިން އެ އަތޮޅުގެ ރަށްތަކުގެ މޮނިޓަރިންގައި ފާހަނގަކުރެވުނު ކަންތައްތައް ކޮމިޝަނާއި މަޝްވަރާކުރުމާއި އަދި އިދާރީ އޮނިގަނޑުތަކުގައިވާ މަޤާމުތަކަށް މުވައްޒަފުން ހަމަނުޖެހިވާތީ ދިމާވާ ގޮންޖެހުންތަކާ އަދި ކައުންސިލުގެ އިދާރާގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި މުވައްޒަފުންނަށް ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމާއި ގުޅޭގޮތުންނެވެ.
އަދި ކޮމިޝަނުގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ކައުންސިލަށް ހުރިހާކަމެއްގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ކޮމިޝަނުގެ މެންބަރުން ކޮޅުމަޑުލު ކައުންސިލުގެ ބޭފުޅުންނަށް އެރުވިއެވެ. އަދި ކައުންސިލުގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކަންކަން ކުރިއަރުވައި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ލިބެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ކޮމިޝަންގެ ފަރާތުން ކައުންސިލާއި ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި ކޮމިޝަނުގެ ނައިބު ރައީސް އަލްފާޟިލް ޝަހީދު މުޙައްމަދު އަދި ކޮމިޝަނުގެ މެންބަރު އަލްފާޟިލާ ފާތިމަތު އާމިރާ އެވެ. އަދި ކޮޅުމަޑުލު ކައުންސިލުގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ކައުންސިލުގެ ރައީސް އަލްފާޟިލް ރިޟުވާން އަބްދުﷲ އަދި ނައިބު ރައީސް އަލްފާޟިލް އިސްމާއިލް ޙަނީފް އެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307