މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިން ސިވިލް ސަރވިސް ކޮމިޝަނާއި ބައްދަލުކުރައްވައިފި

03 ސެޕްޓެމްބަރ 2019



މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އަށް ދިމާވެފައިވާ އިދާރީ ދަތިތަކާއި، މުވައްޒަފުންގެ ދަތިތަކާއި އަދި އެ މިނިސްޓްރީގެ އިދާރީ އޮނިގަނޑުގައި ހުރި ބައެއް މައްސަލަތަކާއި ގުޅޭގޮތުން މިއަދު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކޮށް މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް މުހައްމަދު ޚާލިސް ޝަރީފް އަދި ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް މޫސާ ޟަމީރު ޙަސަން އެވެ. ކޮމިޝަނުގެ ފަރާތުން އިސްކޮށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމްގެ އިތުރުން ކޮމިޝަނުގެ ނައިބު ރައީސް އަލްފާޟިލް ޝަހީދު މުޙައްމަދު އާއި މެންބަރު އަލްއުސްތާޛު ޒަކަރިއްޔާ ޙުސައިން އަދި ކޮމިޝަނުގެ މެންބަރ އަލްފާޟިލާ ފާތިމަތު އާމިރާ އެވެ. މި މައްސަލަތައް ހައްލުކުރުމަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ކޮމިޝަނުން ވަނީ ދަންނަވާފައެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް