28 ސެޕްޓެމްބަރ 2019
އެސޯސިއޭޝަން އޮފް މެނޭޖްމަންޓް ޑިވެލޮޕްމަންޓް އިންސްޓްޓިއުޓް (އެމް.ޑީ.ސާ) އިން ކޮންމެ ދެ އަހަރަކުން އެއް އަހަރު އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސައުތު އޭޝިއަން މެނޭޖްމަންޓް ގެ 15 ވަނަ ފޯރަމް ގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންފިއެވެ. ޕާކިސްތާނުގެ ސުއްކޫރުގައި ކުރިއަށް ދާ މި ފޯރަމް ގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް ޑިވިޝަން ގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ހަދީޖާ ޖަމީލާ އެވެ. ސެޕްޓެންބަރު މަހުގެ 27 އިން 29 އަށް ސުއްކޫރުގެ އައި.ބީ.އޭ ޔުނިވަރސިޓީ ގައި ކުރިއަށްދާ މި ފޯރަމްގެ މި އަހަރުގެ މައުޟޫ އަކީ " ޗެލެންޖަސް އޮފް އިންކްލޫސިވް ގްރޯތް އެންޑް ސަސްޓެއިނަބަލަޓީ : ދަ ސައުތު އޭޝިއަން ކޮންޓެކްސްޓް" އެވެ.
އެގޮތުން މި ފޯރަމް ގައި އަލްފާޟިލާ ހަދީޖާ ޖަމީލާ ވަނީ " ބިލްޑިންގް އެޗް.އާރް އިންޓޭންޖިބަލްސް ފޯރ ސަސްޓެއިނަބަލް ހައި ޕަރފޯރމެންސް ވޯރކް ސިސްޓަމް" އާ ގުޅޭ ގޮތުން މިއަދު ވަނީ ވާހަކަ ދައްކަވާފައެވެ. މި ފޯރަމްގެ ޒަރިއްޔާއިން އެކި ގައުމުތަކުގެ މިނިސްޓަރުންނާއި ސަރުކާރުގެ އެހެނިހެން އިސް ފަންތީގެ ބޭފުޅުންނަށް އެގައުމެއްގެ "ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް" ހާސިލް ކުރުން ކުރިއެރުވުމަށް ކުރެވިދާނެ ކަންތަކާ ބެހޭގޮތުން ވިސްނާލުމުގެ ފުރުސަތު ލިބިގެން ގޮސްފައިވެއެވެ.
މި ފޯރަމް އެންމެ ފަހުން ބޭއްވިފައިވަނީ 2017 ވަނަ އަހަރު ދިވެހިރާއްޖޭ ގައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026