28 ސެޕްޓެމްބަރ 2019
މި ސެޕްޓެންބަރު މަހުގެ 16 އިން 27 އަށް އިންޑިއާގެ ސެންޓަރ ފޯ ގުޑް ގަވަރނަންސް ގެ ފަރާތުން ދިވެހި ސިވިލް ސަރވަންޓުންގެ 29 ފަރާތަކަށް ހިންގި ތަމްރީނު ޕްރޮގްރާމްގެ ނިންމުން ފާހަނގަކޮށް ބައިވެރިންނަށް އިއްޔެ ހަދާނީ ލިއުން ދެއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ ޕަރސަނެލް، ޕަބްލިކް ގްރީވެންސަސް އެންޑް ޕެންޝަންސް މިސްޓަރ ޖީތެންދުރަ ސިންގް އެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު މިސް އައިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.
އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ބައިވެރިންނާއި މުޚާތަބްކޮށް ވާހަކަފުޅުދެއްކެވިއެވެ. އަދި ދިވެހި ސަފީރުވެސް މި ރަސްމިއްޔާތުގައި ދިވެހި ބައިވެރިންނަށް މުޚާތަބްކޮށް ވާހަކަދެއްކެވިއެވެ. ރައީސްގެ ވާހަކަފުޅުގައި އިންޑިއާގައި ހިލޭ އެހީގެދަށުން ހިންގޭ ތަމްރީނުތަކުގެ ބޭނުންތެރިކަމާއި ގުޅޭގޮތުންނާއި އަދި އިންޑިއިއާ ރާއްޖެ އާއި ދެމެދު އޮތް ބަދަހިގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވެވިއެވެ. މިގޮތުން އިންޑިއާގައިދެވޭ ތަމްރީނު ތަކުގެ ސަބަބުން ދިވެހި ސަރުކާރަށާއި މުވައްޒަފުންނާކުރާ ފައިދާގެ މައްޗަށް ބައްލަވައިލައްވައި މި ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ދެވެން އޮތް ފުރިހަމަ އެއްބާރުލުމެއް ދެއްވާނެކަމުގައި ފާހަގަކުރެއްވެވިއެވެ.
ޝަރަފްވެރި މެހުމާނެއްގެ ގޮތުން ޑރ. ޖީތެންދުރަ ސިންގް ވެސް ބައިވެރިންނާއި މުޚާތަބްކުރައްވަވައި ހިތްވަރުދެއްވަވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި މި ޕްރޮގްރާމަކީ ވަކި ކަހަލަ މަޢުލޫމާތުތަކެއް ވަކި ބައެއްގެ މައްޗަށް ދަސްކުރުވަން ބާރުއެޅޭ ޕްރޮގްރާމެއްނޫން ކަމަށާއި، ނަމަވެސް 2 ގައުމު ސިވިލް ސަރވަންޓުން އެއްބަޔަކު އަނެއްބަޔަކު ކިބައިން ކަންކަން ދަސްކުރުމަށްދެވޭ ރަނގަޅު ފުރުސަތެކެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026