އިންޑިއާގެ ޕަބްލިކް ސަރވިސް ކޮމިޝަނަށް ޑރ. ޝަމީމް ޒިޔާރަތްކުރައްވައިފި

28 ސެޕްޓެމްބަރ 2019



އިންޑިއާގައި މިހާރު ކުރިއަށްދާ ދިވެހި ސިވިލް ސަރވިސް ގެ 29 މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ނިއުދިއްލީގައި ހުންނެވި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް، އިންޑިއާގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ޔުނިއަން ޕަބްލިކް ސަރވިސް ކޮމިޝަނަށް އިއްޔެ ޒިޔާރަތް ކުރައްވައިފިއެވެ. މި ޒިޔާރަތުގައި އެ ކޮމިޝަނުގެ ޗެއަރމަން މިސްޓަރ އަރުވިންދް ސެކްސޭނާ އާއި ބައްދަލުކުރައްވަވައި ދެކޮމިޝަނުގެ ދެމެދުގައި ގުޅުން ބަދަހިކޮށް ދިވެހި ސިވިލް ސަރވިސް ގެ ގާބިލްކަން އިތުރުކޮށް މުވައްޒަފުންގެ ފެންވަރުމަތިކުރުމަށް ލިބިދާނެ ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވެވިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ދެ ކޮމިޝަނުގެ ދެމެދު ގުޅުންބަދަހިކޮށް ކަންކަމުގައި އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ފަހުމުނާމާއެއްގައި ސޮއިކުރެއްވުމަށް އެއްބަސްވެވުނެވެ. މިގޮތުން ސިވިލް ސަރވިސް ކޮމިޝަނުން ހުށަހަޅާ ފަހުމުނާމާއެއްގެ ޑްރާފްޓް އިންޑިއާގެ ޕަބްލިކް ސަރވިސް ކޮމިޝަނުގެ ޗެއަރމަންއާ ހިއްސާކުރެއްވެވިއެވެ. ސީ.އެސް.ސީ ޔުނިއަން ޕަބްލިކް ސަރވިސް ކޮމިޝަން އަށް ތަޢާރަފް ކޮށްދިނުމުގެ ގޮތުން މިއަދުގެ ބައްދަލުވުމުގައި ވީޑިއޯ އެއްދެއްކުން އޮތެވެ. އަދި އިންޑިއާގެ ކޮމިޝަންގެ މަސްޢޫލިއްޔަތާއި ކުރާ މަސައްކަތާ ބެހޭ ގޮތުން އެކޮމިޝަނުގެ ސެކެޓްރީ މިސްޓަރ ރާކޭޝް ކުމާރު ގުޕްޓާ ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަނެއް އެރުވިއެވެ.
އިއްޔެ އިންޑިއާގެ ޕަބްލިކް ސަރވިސް ކޮމިޝަނަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ކުރެއްވި ޒިޔާރަތުގައި، އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ޝާތިރު އާއި ތާޖުއްދިން ސްކޫލްގެ ޕްރިންސިޕަލް ފާތިމަތު ބަޝީރާ ކޮމިޝަނުގެ ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަތެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް