27 ސެޕްޓެމްބަރ 2019
ދިވެހި ސިިވިލް ސަރވިސްގެ 29 މުވައްޒަފަކަށް އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް ގެ ފަރާތުން މިހާރު ހިންގަމުންގެންދާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް މިވަގުތު ނިއުދިއްލީގައި ހުންނެވި ސިިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ރާއްޖެވެސް އެ ޔުނިވަރސިޓީ ގެ ފައުންޑަރ ނުވަތަ މުއައްސިސެއްގެ ގޮތުން ހިމެނޭ ސައުތް އޭޝިއަން ޔުނިވަރސިޓީ އަށް އިއްޔެ ޒިޔާރަތް ކުރައްވަވައި އެތާނގެ ރައީސް ޑރ. ކަވިތާ އޭ ޝަރުމާ އާ ބައްދަލުކުރައްވަވައި އެ ޔުނިވަރސިޓީ އިން ދިވެހި ސިވިލް ސަރވަންޓުންނަށް ކިއެވުމުގެ ފުރުޞަތު ހޯދާދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިވަގުތު މި ޔުނިވަރސިޓީ ގައި ކިޔަވާދޭ ލެކްޗަރައަކަށްވެސް އެއްވެސް ދިވެހި ބޭފުޅަކު ލިބިފައިނުވާކަމަށާއި އަދި ދަރިވަރެއްވެސް ނެތްކަމުގައި މި ބައްދަލު ކުރެއްވުމުގައި ދެންނެވިއެވެ. ނަމަވެސް، މި ޔުނިވަރސިޓީ އުފެއްދި މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށް 5 އިންސައްތައިގެ ކޯޓާއެއް ހަމަޖެހިފައިވާކަމަށާއި، ޔުނިވަރސިޓީ އަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވާ ދިވެހި ދަރިވަރުންނަށް މާސްޓާރސް އާއި ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ސްކޯލަރޝިޕް ދަށުން ހަމަޖެހެން އޮތް ކަމުގައިވެސް ޔުނިވަރސިޓީގެ ރައީސް ޑރ. ކަވީތާ ކޮމިޝަނުގެ ރައީސަށް މަޢުލޫމާތު ހިއްސާކުރެއްވެވިއެވެ.
ސައުތު އޭޝިއަން ޔުނިވަރސިޓީ އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ގުޅުން ބަދަހިކުރުމަށްޓަކައި ފަހުމުނާމާއެއް އެކުލަވާލުމަށް އިއްޔެ ބޭއްވުނު ބައްދަލުކުރުމުގައި އެއްބަސްވެވިފައިވެއެވެ. އަދި ކޮމިޝަނުގެ ފަރާތުން މަސައްކަތްކޮށް މި ޔުނިވަރސިޓީގައި ލިބެންހުރި ކިއެވުމުގެ ފުރުސަތުގެ ބޭނުން ދިވެހި ސިވިލް ސަރވަންޓުނަށް ކުރެވޭނެގޮތް ހަމަޖެއްސޭތޯ މަސައްކަތް ކުރައްވާނެކަމުގައި ކޮމިޝަނުގެ ރައީސް ޔުނިވަރސިޓީގެ ބޭފުޅުންނަށް ދެންނެވިއެވެ. ސައުތު އޭޝިއަން ޔުނިވަރސިޓީ އަކީ ޕޯސްޓްގުރެޖުއޭޓްގެ ޑިގްރީ ތަކަށް ކިޔަވައިދޭ 7 އަހަރުވެފައިވާ ޔުނިވަރސިޓީއެކެވެ. ނިއުދިއްލީގައި ހުންނަ މި ޔުނިވަރސިޓީ އަކީ ސާރކް ގެ 8 ގައުމުން ހިންގާ ޔުނިވަރސިޓީއެކެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026