26 ސެޕްޓެމްބަރ 2019
އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯ ގުޑް ގަވަރނަންސް ގެ ފަރާތުން ދިވެހި ސިވިލް ސަރވިސްގެ 29 މުވައްޒަފުންނަށް މިހާރު ނިއު ދިއްލީގައި ކުރިއަށްގެންދާ ތަމްރީނުގެ ތެރެއިން ތަޖްރިބާ ހޯދުމުގެ ގޮތުން މިއަދު އިލެކްޝަންސް ކޮމިޝަން އޮފް އިންޑިއާ އަދި މިނިސްޓްރީ އޮފް އެކްސްޓާރނަލް އެފެއާރޒް ގެ އީ ޕާރސްޕޯޓް ޑިޕާރޓްމެންޓަށް ޒިޔާރަތްކޮށް އެތަންތާނގައި މަސައްކަތް ކުރެވޭގޮތާއި، އާންމު ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ހޯދާފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދައިފިއެވެ.
2 ހަފްތާގެ މި ތަމްރީނު ޕްރޮގްރާމުގެ ދަށުން މި ބައިވެރިންދަނީ އެކި އެކި ސެޝަންތަކުގެ އިތުރުން އިންޑިއާގެ އެކި މުއައްސަސާތަކަށާއި އަދި އާސާރީ ބިނާތަކަށްވެސް ޒިޔާރަތްކުރައްވަމުންނެވެ. މި ބައިވެރިން މި ޓްރެއިނިންގް ފުރިހަމަކުރައްވަވާ ރާއްޖެއަށް ވަޑައިގަންނަވަން އޮތީ މި މަހުގެ 29 ވަނަ ދުވަހުއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026