ކޮމިޝަނުގެ ރައީސް އިންޑިއާގެ މުވައްޒަފުންނާބެހޭ ވުޒާރާގެ ސެކެޓްރީ އާ ބައްދަލުކުރައްވައިފި

25 ސެޕްޓެމްބަރ 2019



އިންޑިއާ ގެ ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް ގެ ފަރާތުން ދިވެހި ސިިވިލް ސަރވިސް ގެ މުވައްޒަފުންނަށް އިންޑިއާގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމް ގައި ބައިވެރިވެވަޑައިގަތުމަށް މިހަރު ނިއުދިއްލީގައި ހުންނެވި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އިންޑިއާގެ މިނިސްޓްރީ އޮފް ޕަރސަނަލް ޕަބްލިކް ގްރިވިއަންސަސް އެންޑް ޕެންޝަންގެ ސެކެޓްރީ މިސްޓަރ ކޭ.ވީ. އީޕެން އާއި ބައްދަލުކުރައްވަވައި މަޝްވަރާކުރައްވައިފިއެވެ. މިއަދު ބޭއްވުނު މި ބައްދަލުވުމުގައި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކުރިއަށްގެންދެވޭ ތަމްރީނު ޕްރޮގްރާމް އިތުރަށް ހަރުދަނާކުރުމާއި ދެފަރާތު ދެމެދުގައި ދިވެހި ސިވިލް ސަރވިސްގެ ގާބިލްކަން އިތުރުކޮށް ޒަމާނީކުރުމަށް އެހީތެރިވެވިދާނެ އިތުރުކަންކަމާގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.
މިގޮތުން މަޢުލޫމާތު ބަދަލުކުރުމާއި ގުޅިގެން ކޮންފަރެންސް އަދި ވާރކްޝަޕްފަދަ ހަރަކާތްތައް ބޭއްވުމާގުޅޭ ގޮތުން ވާހަކަ ދެއްކެވިއެވެ. އަދި އީ ގަވަރނަންސް އާއި ގުޑް ގަވަރނަންސް ގެ ދާއިރާ އާ ގުޅޭ 2 ކޮންފަރެންސް އެއް ރާވާއި އިންތިޒާމް ކުރުމާގުޅޭގޮތުން މަޝްވަރާ ކުރެއްވެވިއެވެ. އަދި ރާއްޖޭގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގައި އެން.ސީ.ޖީ.ޖީ ގެ ލެކްޗަރުން ވަޑައިގެން ބައެއް ކަހަލަ ތަމްރީނުތައް ސިވިލް ސަރވަންޓުންނަށް ބޭއްވުމާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވެވިއެވެ.
މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސްގެ އިތުރުން އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް އިބްރާހިމް ޝާތިރު އާއި ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ ފާތިމަތު ބަޝީރާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އިންޑިއާގެ ޕަރސަނޭލް މިނިސްޓްރީ ނުވަތަ މުވައްޒަފުންނާ ބެހޭ މިނިސްޓްރީގެ ސެކެޓްރީގެ އަރިހުގައި، އެ މިނިސްޓްރީގައި އެޑްމިނިސްޓްރޭޓިވް ރިފޯރމްސް އެންޑް ޕަބްލިކް ގްރީވިއެންސަސް ގެ އެޑިޝަނަލް ސެކެޓްރީ މިސްޓަރ ވީ.ސްރީނިވާސް އާއި ޕްރޮފެސަރ ޕޫނަމް ސިންގް  (އެން.ސީ.ޖީ.ޖީ) ބައިވެރިވެވަޑައިގެންނެވިއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް