23 ސެޕްޓެމްބަރ 2019
މި ސެޕްޓެންބަރު 16 އިން 28 އަށް އިންޑިއާގެ ސެންޓަރ ފޯރ ގުޑް ގަވަރނަންސް ގެ ފަރާތުން ދިވެހި ސިވިލް ސަރވިސްގެ 29 މުވައްޒަފަކަށް ކުރިއަށްގެންދާ ސިވިލް ސަރވިސް ޒަމާނީކޮށް ހިންގުން ހަރުދަނާކުރުމާބެހޭ ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނުދާގޮތް ބައްލަވާލެއްވުމަށް މި ތަމްރީނުގައި ބައިވެރިވެވަޑައިގެންފިއެވެ. މިގޮތުން ގިންތީގެ ހަމަހަމަކަމާއި، ނޮލެޖް މެނޭޖްމަންޓް އަދި އިންޑިއާގެ އީ ގަވަރނަންސް އިނިޝިއޭޓް އާއި ދެހެރެދުން ސުމާރޓް ސިޓީ އާ ގުޅޭގޮތުން ބޭއްވުނު ސެޝަންތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އިއްޔެ (22 ސެޕްޓެންބަރު) ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އެން.ސީ.ޖީ.ޖީ އަށް ޒިޔާރަތްކުރެއްވުމުން ހޫނު މަރުޙަބާއެއް އެމަރުކަޒުން އެރުވިއެވެ. އަދި ސެޝަންތަކުގެ ތެރޭގައި އެން.ސީ.ޖީ.ޖީ އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ހަދިޔާ ބަދަލުކުރުން ބޭއްވުނެވެ. ސިވިލް ސަރވަންޓުންނަށް އިންޑިއާގެ ހިލޭ އެހީގައިކުރިއަށްގެންދެވޭ ތަމްރީނު ޕްރޮގްރާމް ވަނީ ވަރަށް ރަނގަޅު މަޢުލޫމާތާއި އިންޑިއާގެ ތަޖްރިބާ ސިވިލް ސަރވިސްގެ ކަންކަމާއި ސަރުކާރު ހިންގުމުގައި ހިއްސާކޮށްދެވޭ ގޮތައް ފަރުމާކޮށްފައެވެ. މިގޮތުން ތަމްރީނާއި ތަޖްރިބާ ބަދަލުކުރުމަށް ބޭނުންވާ މައުޟޫއުތައް ވަނީ އެން.ސީ.ޖީ.ޖީ އާއި ސީ.އެސް.ސީ އާ ދެމެދު މާލޭގައި މަޝްވަރާކޮށް ކަނޑައަޅާފައެވެ.
އިންޑިއާގެ 2 ސިޓީ އެއްކަމުގައިވާ މުސޫރީ އާއި ނިއު ދިއްލީގައި ކުރިއަށްގެންދެވޭ މި ތަމްރީނު ޕްރޮގްރާމްގައި ތަޖްރިބާ ހޯދޭގޮތަށް ތަންތަނަށް ޒިޔާރަތްކުރުންވެސް ހަމަޖެހިފައިވެއެވެ. އަދި ދެ ޤައުމުގެ ޡަޤާފީ ހަރަކާތްތައް ދައްކުވާދޭ ޝޯ އެއްވެސް ވަނީ ބޭއްވިފައެވެ. މި ޕްރޮގްރާމްގެ ތެރޭގައި ތާޖްމަހަލް އަށް ޒިޔާރަތްކުރުންވެސް ހިމެނިފައިވެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026