22 ސެޕްޓެމްބަރ 2019
މި މަހުގެ 16 އިން 28 އަށް އިންޑިއާގެ އެން.ސީ.ޖީ.ޖީ ގައި ކުރިއަށް ގެންދާ "ޓްރެއިނިންގް ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޯރ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވިސް" ގައި ބައިވެރިވާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން އިދާރީ ހިންގުމާގުޅޭ ގޮތުން އިންޑިއާގެ ތަޖުރިބާ ހާސިލުކޮށް މިކަމުގައި ކުރިއަރާފައިވާ ޒަމާނީ ގޮތްތަކުގެ ތަމްރީނު ހޯދަމުން އެބަގެންދެއެވެ. އިންޑިއާގެ ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) ގެ ފަރާތުން އިންތިޒާމުކޮށް ކުރިޔަށްގެންދާ މި ތަމްރީނުތަކުގެ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމުގެ ސެޝަންތައް މިހާރު ދަނީ ކުރިއަށްގެންދެމުންނެވެ.
އެގޮތުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ވަނީ މިހާރު އިންޑިއާގައި ތަމްރީނު ހާސިލް ކުރަމުން ގެންދާ ދިވެހި ސިވިލް ސަރވިސް ގެ މުވައްޒަފުންނާއެކު ތަމްރީނުގައި ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން މި ސެޕްޓެންބަރު 20 އިން 28 އަށް އިންޑިއާގެ ނިއު ދިއްލީގެ އިސް މުއައްސަސާތަކަށާއި އެ މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވަންވަނީ ހަމަޖެހިފައެވެ. މި ވަފުދާއެކު އިންޑިއާ އަށް ވަޑައިގެންނެވި ކޮމިޝަނުގެ މެންބަރު އަލްފާޟިލާ ފާތިމަތު އާމިރާ ވަނީ މިއަދު މެންދުރު މާލެ އަށް ވަޑައިގަންނަވާފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026