ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސެންޓަރ އިން ސިވިލް ސަރވިސް ކޮމިޝަނާއި ބައްދަލުކުރައްވައިފި

02 އޮކްޓޯބަރ 2019



ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސެންޓަރ (ޖޭ.އައި.ސީ.އީ) އާ ސިވިލް ސަރވިސް ކޮމިޝަނާއި މިއަދު ބައްދަލުކުރައްވަވާ ސްކޯލަރޝިޕް ފުރުސަތުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި އޮތް މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން އިސްކޮށް ހުންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އެވެ. ޖޭ.އައި.ސީ.އީ ގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޖޭ.އައި.ސީ.އީ ގެ ޕްރޮގްރާމް މެނޭޖަރ މިސްޓަރ ޖުނިޗީ ޔަމަޒަކީ އާއި ޖޭ.އައި.ސީ.އީ ގެ ރިސާރޗާރ އެއް ކަމުގައިވާ މިސް އަޔާނާ ޓަނަކާ އެވެ.
މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްސަދަކީ ޖަޕަނީޒް ގްރާންޓް އެއިޑްސް އިން ސިވިލް ސަރވަންޓުންނަށް މާސްޓަރސް ޑިގްރީ ހާސިލުކުރުމަށް ސްކޮލަރޝިޕް ޕްރޮގްރާމްތަކެއް ދިނުމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމެވެ. މި ސްކޯލަރޝިޕް ފުރުސަތަކީ އަލަށް ދިވެހިރާއްޖެއަށް ޖަޕާނުގެ ސަރުކާރުން ދެއްވާ ފުރުސަތެކެވެ. މިގޮތުން މިފަހަރުގެ ބައްދަލުވުމުގައި ސިވިލް ސަރވިސް އަށް އެންމެ މުޙިއްމު ތައުލީމީ ދާއިރާތަކާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރައްވާފައިވެއެވެ. މި ދަތުރުގައި އެހެނިހެން މުއައްސަސާތަކަށާއި މިނިސްޓްރީ ތަކަށް  ޒިޔާރަތްކޮށް މައުލޫމާތު ހޯދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
1977ވަނަ އަހަރު ވުޖޫދަށް އައި ޖަޕާން އިންޓަރނޭޝަނަލް ކޯރޕަރޭޝަން ސެންޓަރ އަކީ ޖަޕާނާ އެހެން ގައުމުތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް އެކިކަހަލަ ތަމްރީން ޕްރޮގްރާމްތަކާއި ސްކޮލާރޝިޕް ޕްރޮގްރާމަތައް ފޯރުކޮށްދޭ ސެންޓަރ އެކެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307