06 އޮކްޓޯބަރ 2019
ލިޔެކިޔުމުގައި "އެޓެސްޓޭޝަން" ނުވަތަ "ޓްރޫ ކޮޕީ އޮފް ދަ އޮރިޖިނަލް" ތައްގަނޑުޖެހުމާ ގުޅޭ ގޮތުން މިއަދު ސިވިލް ސަރވިސް ކޮމިޝަނާއި ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބައްދަލުކުރައްވަވައި މަޝްވަރާކުރައްވައިފިއެވެ. މިއަދުގެ މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ޤާނޫނު ނަންބަރު 2019/5 ގެ 72 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ އަދި އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖެހޭނީ މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ޤާނޫނީ ވަކީލުންނަށް ކަމުގައި ބަޔާންކުރާތީވެ މިކަމާއި ގުޅިގެން ނުކުމެދާނެ ނަތީޖާތަކާމެދު މަޝްވަރާކުރުމެވެ.
މިއަދުގެ ބައްދަލުވުމުގައި މި ޤާނޫނު ގެޒެޓްކުރެވުމާއެކު ބާ ކައުންސިލް އަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ކޮމިޝަނުން ވަނީ ދަންނަވާފައެވެ. މިއަދުގެ މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި ކޮމިޝަނުގެ މެމްބަރު އަލްއުސްތާޛު ޒަކަރިއްޔާ ޙުސައިން އެވެ. ބާ ކައުންސިލްގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ބާ ކައުންސިލްގެ މެމްބަރު އަލްއުސްތާޛް އަޙްމަދު މުއީޒް އާއި ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛާ މަރްޔަމް ޖަބީން އެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026