އިންޑިއާގެ ކަލްޗަރަލް ސެންޓަރުގެ ޑިރެކްޓަރ ކޮމިޝަނަށް ޒިޔާރަތްކުރައްވައިފި

05 ޖަނަވަރީ 2020



މާލޭގައި ހުންނަ އިންޑިއާގެ ކަލްޗަރަލް ސެންޓަރގެ ޑިރެކްޓަރ ޕްރޮފެސަރ ތަންވީރު ނަސްލީމް ތަޢާރަފްވުމުގެ ބައްދަލުވުމެއްގައި ސިވިލް ސަރވިސް ކޮމިޝަނަށް މިއަދު ޒިޔާރަތް ކުރައްވަވައިފިއެވެ. މި ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޑރ.އަލީ ޝަމީމާއި، މެންބަރު ފާތިމަތު އާމިރާ ކޮމިޝަނުގެ މުވައްޒަފުންގެ އިތުރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގައި މިއަދު ބޭއްވުނު ބައްދަލުކުރުމުގައި އިންޑިއާގެ ކަލްޗަރަލް ސެންޓަރުގައި ސިވިލް ސަރވަންޓުންނަށް ހުޅުވާލެވިފައިވާ ހުނަރު ދަސްކުރުމާއި ތަރައްޤީ ކުރުމުގެ ފުރުސަތުތަކާގުޅޭގޮތުން އެ ސެންޓަރގެ ޑިރެކްޓަރ ކޮމިޝަނާއި މަޢުލޫމާތު ހިއްސާކުރެއްވެވިއެވެ. އަދި މި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރޭވިދާނެ ކަންކަމާގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. މި ބައްދަލުކުރެއްވުމުގައި ޚާއްސަކޮށް އިންޑިއާގެ ޖުމްހޫރީ ދުވަސް މިއަހަރު ފާހަގަކުރުމުގައި ދިވެހި ސިވިލް ސަރވަންޓުންގެ ފަރާތުން ބައިވެރިވުމުގެ ގޮތުން އައިޓަމެއް ހުށަހެޅުމަށް ކޮމިޝަނުން ޝައުގުވެރިކަންފާޅުކޮށް މިކަމާގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އިންޑިއާގެ ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ޖަނަވަރީ 26 ވަނަ ދުވަހެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް