28 އޮކްޓޯބަރ 2019
1441 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ނެރެފައިވާ އިލްތިމާސް އާ ގުޅޭގޮތުން ޕަރމަނަންޓް ސެކްރެޓަރީންނާއި ކޮމިޝަނުގެ ފަރާތުން މަޝްވަރާކޮށްފިއެވެ. މިއަދު ކޮމިޝަނުން ނެރުނު އިލްތިމާސްގައިވާ ކަންކަމުގެ މަޢުލޫމާތު އެ މިނިސްޓްރީއެއްގެ ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް ހިއްސާކޮށްދެއްވައި، މުވައްޒަފުން ހޭލުންތެރި ކޮށްދެއްވުމަށް ކޮމިޝަނުގެ ފަރާތުން ބައްދަލުވުމުގައި އެދިފައިވެއެވެ.
ސިވިލް ސަރވަންޓުން މި އިލްތިމާސަށް ހޭލުންތެރިކުރުވައި މިކަމުގެ މަޢުލޫމާތު ހުރިހާ ސިވިލް ސަރވަންޓުންނަށް ފޯރުކޮށްދެއްވުމަށާއި، ދިވެހި ސިވިލް ސަރވިސް ގެ ޤަވާއިދާ ޚިލާފަށް ބަސްމަގާއި އަމަލުތައް ބަހައްޓާ ފަރާތްތައް އެކަންނުކުރުމަށް ގަވާއިދުގެ ތެރެއިން އަންގަވައިދެއްވުމާއި އަދި މިފަދަކަންކަމުގެ މަޢުލޫމާތު ލިބިވަޑައިގަތުމުން ކޮމިޝަނަށް ރިޕޯރޓްކޮށް ދެއްވުމަށްވެސް މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ޕަރމަނަންޓް ސެކްރެޓަރީންގެ ކިބައިން އެދިފައިވެއެވެ.
ފަހުގެ ޚަބަރުތައް
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023