ސިވިލް ސަރވިސް ކޮމިޝަނުގެ 11 ވަަނަ އަހަރީ ދުވަސް ކުލަގަދަކޮށް މިދިޔަ ހުކުރު ދުވަހުގެ ރޭ ފާހަނގަކޮށްފިއެވެ. ޗަމްޕާ ސެންޓްރަލް ހޮޓެލް ގައި ބޭއްވުނު މި ހަފްލާގައި ކޮމިޝަނުގެ މެންބަރުންނާއި އަދި ކޮމިޝަނުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮންމެ އަހަރަކު ސިވިލް ސަރވިސް ކޮމިޝަނުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވޭ މި ހަފްލާއަކީ ކޮމިޝަނުން ވަރަށް އިސްކަމެއް ދީގެން މުވައްޒަފުންގެ އެހީތެރިކަމާއެކު ރާވާއި ކުރިއަށްގެންދެވޭ ހަރަކާތެކެވެ.
މި ހަފްލާގައި ކޮމިޝަނާއި ސީ.އެސް.ޓީ.އައި އައިގައި ފާއިތުވެދިޔަ އަހަރު ހާޟިރީ އިން ވަނަވަނަ އަށް ދިޔަފަރާތްތައް ހޮވައި އަދި 5 އަހަރާއި، 10 އަހަރާއި، 15 އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވާ މުވައްޒަފުންނަށް ވަނީ އެވާރޑް އާއި ހަނދާނީ ލިޔުން އަރުވާފައެވެ. އަދި ކޮމިޝަނުގެ ރައީސްގެ ފަރާތުން ހުށަހަޅާ 4 އެވާރޑް ކަމަށްވާ ލީޑަރޝިޕް އެވާރޑް، އާއި މޯސްޓް އިނޮވޭޓީވް ސްޓާފް (އެންމެ އީޖާދީ މުވައްޒަފު) އެވާރޑް އާއި މޯސްޓް ސޯޝަލް ހެލްޕްފުލް ސްޓާފް (އެންމެ އެހީތެރި މުވައްޒަފު) އަދި ބެސްޓް ޓީމް ޕްލޭޔަރ (އެންމެ ގުޅިގެން މަސައްކަތްކުރާ މުވައްޒަފު) އެވާރޑް ވެސް ވަނީ ހަތަރު މުވައްޒަފަކަށް އަރުވާފައެވެ.
އެގޮތުން ބެސްޓް ޓީމް ޕްލޭޔަރ ގެ އެވާރޑް އަލްފާޟިލާ ޢާއިޝަތު އިޒްނާ ކާމިޔާބުކޮށްފައިވާއިރު، މޯސްޓް ސޯޝަލް ހެލްޕްފުލް އެވާރޑް އަލްފާޟިލް އަހުމަދުއްﷲ މަޢުތޫފް އިބްރާހިމް ވަނީ ހޯދާފައެވެ. އަދި އެންމެ އީޖާދީ މުވައްޒަފުގެ އެވާރޑް އަލްފާޟިލް މުހައްމަދު އަދުހަމް ކާމިޔާބުކޮށްފައިވާއިރު، ލީޑަރޝިޕް ގެ އެވާރޑް މި އަހަރު ކާމިޔާބު ކޮށްފައިވަނީ އަލްފާޟިލް ޝަހުމީލް އަހުމަދެވެ.
މި ކަންކަމުގެ އިތުރުން މުވައްޒަފުންގެ މެދުގައި އިންތިޚާބު ބާއްވާގެން އިތުރު ކަންކަމަށް އެންމެ އެކަށޭނެ ފަރާތްތަކެއް ހޮވައި ހަނދާނީ ލިއުންވަނީ އަރުވާފައެވެ. މި ހަފްލާގައި ސްޓާފުންގެ ފަރާތުން ވަނީ މުނިފޫހިފިލުވުމުގެ އައިޓަމްތަކެއްވެސް ހުށަހަޅައިދީފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026