ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އާއި ގުޅޭގޮތުން އެޑްވައިޒަރީ ކޮމިޓީ އަށް މަޢުލޫމާތު ދެއްވައިފި

22 އޮކްޓޯބަރ 2019


194*364

މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު ޕާރމަނަންޓް ސެކެޓްރީއިން ހިމެނިވަޑައިގަންނަވާ އެޑްވަޒަރީ ކޮމިޓީ ގެ ބައްދަލުވުމުގައި، ސަރުކާރުގެ ސިޔާސަތުތައް ރޭވި ހިންގޭގޮތާއި އަދި ސްޓްރެޓެޖިކް އެކްޝަން ޕްލޭން އާ ބެހޭގޮތުން މަޢުލޫމާތު ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ހިއްސާކުރައްވަވައިފިއެވެ.
ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމް ރިޔާސަތުބެލެހެއްޓެވި އެޑްވައިޒަރީ ކޮމިޓީގައި މިއަދު ރައީސްއޮފީހުގެ ފަރާތުން މަޢުލޫމާތު ދެއްވުމުގައި އިސްކޮށްހުންނެވީ އެއޮފީހުގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޝައުނާ އެވެ.
މި ބޭފުޅުން ޕާރމަނަންޓް ސެކްރެޓަރީންނާއި އަދި ކޮމިޝަނުގެ މެންބަރުންނާއި އިދާރާގެ ވަރީންނަށް މަޢުލޫމާތުދެއްވުމުގައި، ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެކުލަވާލެވިފައިވާ ސްޓޓްރެޓެޖިކް އެކްޝަން ޕްލޭންއާ ގުޅޭގޮތުންނާއި އަދި މި ޕްލޭން ކާމިޔާބުކުރުމުގައި ޕާރމަނަންޓް ސެކެޓްރީންގެ ފަރާތުން އެއްބާރުލުން ބޭނުންފުޅުވާ ކަންކަމަކީ ކޮބައިކަން އޮޅުންފިލުވައިދެއްވެވިއެވެ. އަދި ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކާއި އިދާރާތައް ބައިވެރިވެ އެއްބައެއްގެގޮތުގައި ގުޅިގެން ވަށާޖެހޭގޮތައް މަސައްކަތްކުރެއްވުމުގެ މައްޗަށް ބާރުއަޅުއްވަވައި ވާހަކަފުޅުދެއްކެވިއެވެ. އަދި މި ބައްދަލުވުމުގައި ޕަރމަނަންޓް ސެކްރެޓަރީން، އެ ބޭފުޅުންނަށް ދިމާވެފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން ވަނީ ރައީސް އޮފީހުގެ ބޭފުޅުންނާއި ހިއްސާކުރައްވާފައެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307