ކޮމިޝަނުން މުވައްޒަފުންގެ އަގުވަޒަން ކުރުން ކުލަގަދަކޮށް ފާހަގަކުރަނީ

20 އޮކްޓޯބަރ 2019



ސިވިލް ސަރވިސް ކޮމިޝަނާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙިދުމަތުގެ އަގުވަޒަންކޮށް ހިތްވަރުދިނުމަށް ޓަކައި ބާއްވާ ޚާއްސަ ހަފްލާ 25 އޮކްޓޫބަރު ވާ ހުކުރުދުވަހުގެރޭ ޗަމްޕާ ސެންޓްރަލް ހޮޓެލް ގައި ބާއްވާގޮތަށް ހަމަޖެހިފައިވެއެވެ.
ކޮންމެ އަހަރަކު ސިވިލް ސަރވިސް ކޮމިޝަނުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވޭ މި ހަފްލާއަކީ ކޮމިޝަނުން ވަރަށް އިސްކަމެއް ދީގެން މުވައްޒަފުންގެ އެހީތެރިކަމާއެކު ރާވާއި ކުރިއަށްގެންދެވޭ ހަރަކާތެކެވެ.
މި ހަފްލާގައި ކޮމިޝަނާއި ސީ.އެސް.ޓީ.އައި އައިގައި ފާއިތުވެދިޔަ އަހަރު ހާޟިރީ އިން ވަނަވަނަ އަށް ދިޔަފަރާތްތައް ހޮވައި ހަނދާނީ ލިޔުން ދިނުން އޮންނާނެއެވެ. އަދި ކޮމިޝަނުގެ ރައީސްގެ ފަރާތުން ހުށަހަޅާ 4 އެވާރޑް ކާމިޔާބުކުރާ ފަރާތްތަކަށް އެވާރޑް ދެވޭ ކަންކަމަކީ ނުވަތަ ނަންތަކަކީ ލީޑަރޝިޕް އެވާރޑް، އާއި މޯސްޓް އިނޮވޭޓީވް ސްޓާފް (އެންމެ އީޖާދީ މުވައްޒަފު) އެވާރޑް އާއި މޯސްޓް ސޯޝަލް ހެލްޕްފުލް ސްޓާފް (އެންމެ އެހީތެރި މުވައްޒަފު) އަދި ބެސްޓް ޓީމް ޕްލޭޔަރ (އެންމެ ގުޅިގެން މަސައްކަތްކުރާ މުވައްޒަފު) އެވާރޑް އެވެ.
މި ކަންކަމުގެ އިތުރުން މުވައްޒަފުންގެ މެދުގައި އިންތިޚާބެއް ބާއްވާގެން އިތުރު ކަންކަމަށް އެންމެ އެކަށޭނެ ފަރާތްތަކެއް ހޮވައި ހަނދާނީ ލިއުން ދިނުންވެސް މި ހަފްލާގެ ތެރޭގައި އޮންނާނެއެވެ. ސްޓާފުން ހުށަހަޅާއިދޭ މުނިފޫހިފިލުވުމުގެ އައިޓަމްތައްވެސް މި ހަފްލާގައި ބޭއްވުމަށް ރޭވިފައިވެއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307