މާލެ ސިޓީ ކައުންސިލުން ސިވިލް ސަރވިސް ކޮމިޝަނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

16 އޮކްޓޯބަރ 2019


194*364

މާލެ ސިޓީ ކައުންސިލަށް ދިމާވެފައިވާ އިދާރީ ދަތިތަކާއި، މުވައްޒަފުންގެ ދަތިތަކާއި އަދި އެ ކައުންސިލްގެ އިދާރީ އޮނިގަނޑުގައި ހުރި ބައެއް މައްސަލަތަކާއި ގުޅޭގޮތުން މިއަދު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކޮށް މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކައުންސިލްގެ މޭޔަރ އަލްފާޟިލާ ސިފާ މުހައްމަދު އެވެ. ކޮމިޝަނުގެ ފަރާތުން އިސްކޮށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމްގެ އިތުރުން ކޮމިޝަނުގެ މެންބަރު އަލްފާޟިލް އިބްރާހިމް ޝަހީޤު އާއި މެންބަރު އަލްއުސްތާޛު ޒަކަރިއްޔާ ޙުސައިން އަދި ކޮމިޝަނުގެ މެންބަރ އަލްފާޟިލާ ފާތިމަތު އާމިރާ އެވެ. މި މައްސަލަތައް ހައްލުކުރުމަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ކޮމިޝަނުން ވަނީ ދަންނަވާފައެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307