30 ނޮވެމްބަރ 2019
އިންޑިއާގައި މުވައްޒަފުންނަށް ތަމްރީނުދީ، ޤާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާ ކަމުގައިވާ ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރަނަންސް (އެން.ސީ.ޖީ.ޖީ) އިން ކުރިއަށްގެންދެވުނު 2 ހަފްތާގެ ތަމްރީނު ޕްރޮގްރާމް ދިވެހި ސިވިލް ސަރވިސްގެ 30 ބައިވެރިން ފުރިހަމަކުރައްވައިފިއެވެ. ނޮވެންބަރު މަހުގެ 18 އިން 30 އަށް އިންޑިއާގެ ނިއު ދިއްލީ އަދި މަސޫރީ ގައި ބޭއްވުނު ސަރުކާރުގެ އިދާރީ ހިންގުމާއިބެހޭ މި ސެމިނަރގައި ސިވިލް ސަރވިސްގެ އެކި އެކި އިދާރާތަކުން ހޮވާލެވުނު 30 މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
"ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި ކުރިއަށް ގެންދެވުނު މި ތަމްރީނަކީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް އަދި ސިވިލް ސަރވިސްގެ ދާއިރާގައި އިންޑިއާގެ ތަޖްރިބާ ހިއްސާކުރުމުގެ ގޮތުން ބޭއްވުނު 2 ހަފްތާގެ ތަމްރީނެކެވެ. މި ތަމްރީނަކީ ދާދިފަހުން އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ މިސްޓަރ ނަރެންދަރު މޯދީ ރާއްޖެއަށް ކުރެއްވެވި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ސެންޓަރ ފޯރ ގުޑް ގަވަރނަންސް އާއި ސިވިލް ސަރވިސް ކޮމިޝަނާއި ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން އިންތިޒާމުކުރެވުނު ދެވަނަ ތަމްރީނު ބުރެވެ.
ފަހުގެ ޚަބަރުތައް
އޭޑީބީގެ ޓީމުން ކޮމިޝަނުގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
21 އޮކްޓޯބަރ 2026
ދިވެހިބަހުގެ އެކެޑަމީއާއެކު ކޮމިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
20 އޮކްޓޯބަރ 2026
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާއާއެކު ކޮމިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
19 އޮކްޓޯބަރ 2026
ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއެކު ކޮމިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
19 އޮކްޓޯބަރ 2026
ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީ މަޤާމަށް ޑރ. އާމިނަތު ދުންޔާ އައްޔަނުކޮށް ލިޔުން ޙަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
19 އޮކްޓޯބަރ 2026