ސީ.އޭ.ޖީ އިން ޒިޔާރަތްކުރަމުންދާ ވަފުދަށް ދިވެހި ޘަޤާފަތް ދައްކާލުމުގެ ހަރަކާތެއް ބާއްވައިފި

28 ނޮވެމްބަރ 2019



ޗައިނާގެ، ޗައިނީޒް އެކެޑެމީ އޮފް ގަވަރނަންސް އިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވަމުންދާ 10 ބޭފުޅުންގެ ވަފުދަށް ދިވެހި ޘަޤާފަތް ދައްކާލުމަށް ސިވިލް ސަރވިސް ޓްރެއިނިންގެ އިންސްޓިޓިއުޓުން ހަފްލާއެއް މިއަދު ބާއްވައިފިއެވެ. މި ހަފްލާގައި އިހު ޒަމާނުގައި ދިވެހިން ދިރިއުޅުނު ގޮތް ދައްކާލުމާއި، ޘަޤާފީ ކުޅިވަރުތައް ވަނީ ދައްކާފައެވެ. ސިވިލް ސަރވިސް ޓްރެއިނިންގެ އިންސްޓިޓިއުޓުން ޑިޕްލޮމާ ހާސިލުކުރައްވާ ދަރިވަރުން އަދި ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުން އެކި އެކި ދިވެހި ޘަޤާފީ އައިޓަމުތައް ހުށަހަޅުއްވާ ދެއްވިއެވެ.


ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307