26 ނޮވެމްބަރ 2019
އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯ ގުޑް ގަވަރނަންސް ގެ ފަރާތުން ދިވެހި ސިވިލް ސަރވިސްގެ 30 މުވައްޒަފުންނަށް މިހާރު ނިއު ދިއްލީގައި ކުރިއަށްގެންދާ ތަމްރީނުގެ ތެރެއިން ތަޖްރިބާ ހޯދުމުގެ ގޮތުން 2 ތަނަކަށް ޒިޔާރަތްކޮށް އެތަންތާނގައި މަސައްކަތް ކުރެވޭގޮތާއި، އާންމު ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ހޯދާފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދައިފިއެވެ.
އެގޮތުން ދެހްރާދޫން ގައި ހުންނަ ގްރީން ބިލްޑިންގ އަށް ވަނީ ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގައި އެތަނުގައި ހަކަތަ އުފައްދާ ގޮތާއި އަދި ހަކަތަ އުފައްދާ ގޮތްތަކާ ބެހޭގޮތުން ވަނީ މަޢުލޫމާތު ދެއްވާފައެވެ. އަދި އޭގެ އިތުރަށް ވަނީ ފޮރެސްޓް ރިސާރޗް ސެންޓަރ އަށް ޒިޔާރަތްކޮށް އެކޮޅުގައި ރިސާރޗް ކުރިއަށް ގެންދާ ގޮތްތަކާ ގުޅޭ ސެޝަނެއް ވެސް ނަންގަވާ ދެއްވާފައެވެ. އަދި އެތަނުގެ ދާރުލްއާސާރު ވެސް ވަނީ މި ބައިވެރިންނަށް ދައްކާލާފައެވެ.
އޭގެ އިތުރުން މިއަދު ވަނީ ދެހްރާދޫން ޑިވެލޮޕްމަންޓް އޮތޯރިޓީ އަށް ވަޑައިގެން އެތަނުގެ ސީ.އީ.އޯ ޑރ. އާޝިކް ކުމާރު ވަނީ ސެޝަނެއް ނަގާދެއްވާފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026