23 ނޮވެމްބަރ 2019
މި ނޮވެންބަރު 18 އިން 30 އަށް އިންޑިއާގެ އެން.ސީ.ޖީ.ޖީ ގައި ކުރިއަށް ގެންދާ "ޓްރެއިނިންގް ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޯރ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވިސް" ގެ ބައިވެރިން އިންޑިއާގެ ސިވިލް ސަރވަންޓުން ތަމްރީނުކުރާ މައި މަރުކަޒު ކަމުގައިވާ ލާލް ބަހާދުރް ޝާސްތްރީ ނެޝަނަލް އެކަޑަމީ އަށް ޒިޔާރަތްކުރައްވައިފިއެވެ. އެ އެކަޑަމީގެ ފަރާތުން ދިވެހި ސިވިލް ސަރވަންޓުންގެ ވަފުދައް މަރުހަބާ ދެންނެވީ ހެޑް އޮފް އެކަޑަމީ ޑރ. ސަންޖީވް ކަޕޫރް އެވެ.
ސިވިލް ސަރވަންޓުންނަށް އިންޑިއާގެ ހިލޭ އެހީގައިކުރިއަށްގެންދެވޭ ތަމްރީނު ޕްރޮގްރާމް ވަނީ ވަރަށް ރަނގަޅު މަޢުލޫމާތާއި އިންޑިއާގެ ތަޖްރިބާ ސިވިލް ސަރވިސްގެ ކަންކަމާއި ސަރުކާރު ހިންގުމުގައި ހިއްސާކޮށްދެވޭ ގޮތައް ފަރުމާކޮށްފައެވެ. އިންޑިއާގެ 2 ސިޓީ އެއްކަމުގައިވާ މުސޫރީ އާއި ނިއު ދިއްލީގައި ކުރިއަށްގެންދެވޭ މި ތަމްރީނު ޕްރޮގްރާމްގައި ތަޖްރިބާ ހޯދޭގޮތަށް ތަންތަނަށް ޒިޔާރަތްކުރުންވެސް ހަމަޖެހިފައިވެއެވެ. އަދި ދެ ޤައުމުގެ ޡަޤާފީ ހަރަކާތްތައް ދައްކުވާދޭ ޝޯ އެއްވެސް ވަނީ ބޭއްވިފައެވެ. އެގޮތުން މި ޝޯ ގައި ދިވެހި ސިވިލް ސަރވަންޓުން ވަނީ ދިވެހި ޘަޤާފީ ނެށުމެއް ހުށަހަޅާފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026