އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެޑްވައިޒަރީ ކޮމިޓީ އަށް މަޢުލޫމާތުދެއްވައިފި

19 ނޮވެމްބަރ 2019



އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނަށް އަހުލުވެރިކުރުމާއި ގުޅޭގޮތުން މިއަދު އެޑްވައިޒަރީ ކޮމިޓީ ގެ މެންބަރުންނަށް މަޢުލޫމާތު ދެއްވައިފިއެވެ. އަދި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނުނާ ގުޅޭ ގޮތުން މީހުން އަހުލުވެރިކުރުމުގެ ގޮތުން ޑިސެންބަރު 2 ގައި ލޯންޗުކުރާ ކެމްޕެއިން އާއި ބެހޭގޮތުން ވެސް ވަނީ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުންނަށް މަޢުލޫމާތު ދެއްވާފައެވެ.
މި ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އިންފޮމޭޝަން ކޮމިޝަނަރު އަލްފާޟިލް ހުސައިން ފިޔާޒު މޫސާ އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އަޙްމަދު ޝިޔާމް އެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް