15 ނޮވެމްބަރ 2019
ދިވެހި ސިވިލް ސަރވިސް ގެ މުވައްޒަފުންގެ ހިންގުމުގެ ގާބިލުކަން އިތުރުކޮށް މަސައްކަތުގެ ހުނަރު ތާޒާކޮށްދިނުމަށް ޓަކައި ތަފާތު ތަމްރީނު ފޯރުކޮށްދީ ދެ މުއައްސަސާގެ ދެމެދުގައި ސިވިލް ސަރވިސް ގެ ކަންކަން ޒަމާނީކޮށް ކުރިއެރުވުމުގައި އެއްބާރުލުން ދިނުމުގެ މަގްސަދުގައި އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ އެޑްމިނިސްޓްރޭޓިވް ސްޓާފް ކޮލެޖް (އާސްކީ) އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު 2014 ވަނަ އަހަރުން ފެށިގެން ގާއިމުކުރެވިފައިވާ ފަހުމުނާމާއަށް ދުވަސް ހަމަވެފައިވާތީ މިއަދު އަލުން ފަހުމުނާމާ އާކުރެވިއްޖެއެވެ.
މިގޮތުން ފަހުމުނާމާ އާކުރުމުގެ އެއްބަސްުވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ އާސްކީ ގެ މައި މަރުކަޒުގައެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ފަހުމުނާމާ އާކުރުމުގެ ލިއުމުގައި ސޮއިކުރެއްވީ މިކަމަށްޓަކައި ހައިދަރުއާބާދަށް ވަޑައިގެން ހުންނެވި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛް ޒަކަރިއްޔާ ހުސައިން އެވެ.
މިއަދު ބޭއްވުނު ސޮއިކުރުމާއެކު ދެފަރާތުގެ ދެމެދުގައި ގާއިމުކުރެވިފައިވާ ފަހުމުނާމާގެ މުއްދަތު މިއަދުން ފެށިގެން އިތުރު 3 އަހަރަށް އައުކުރެވުނީއެވެ.
އާސްކީ އަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި މެނޭޖްމަންޓްގެ ދާއިރާގެ އިތުރުން އައިސީޓީ އާއި އެހެނިހެންވެސް ފަންނީ ދާއިރާތަކުން ދިގުމުއްދަތާއި ކުރުމުއްދަތުގެ ކޯސްތައް ރާވައި ހިންގާ މަރުކަޒެކެވެ. ދިވެހި ސިވިލް ސަރވަންޓުންވެސް އަދި ކޮމިޝަނުގެ މުވައްޒަފުންގެވެސް މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވެއެވެ. އަދި މިއަދު އާކުރެވުނު ފަހުމުނާމާއެކު އިތުރު ތަމްރީނުތަކުގެ ފުރުސަތު ފަހިވެގެންދާނެކަމާމެދު އުއްމީދުކުރެވެއެވެ.
ފަހުގެ ޚަބަރުތައް
އޭޑީބީގެ ޓީމުން ކޮމިޝަނުގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
21 އޮކްޓޯބަރ 2026
ދިވެހިބަހުގެ އެކެޑަމީއާއެކު ކޮމިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
20 އޮކްޓޯބަރ 2026
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާއާއެކު ކޮމިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
19 އޮކްޓޯބަރ 2026
ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއެކު ކޮމިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
19 އޮކްޓޯބަރ 2026
ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީ މަޤާމަށް ޑރ. އާމިނަތު ދުންޔާ އައްޔަނުކޮށް ލިޔުން ޙަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
19 އޮކްޓޯބަރ 2026