ސިވިލް ސަރވިސް ކޮމިޝަނާއި އެޑްމިނިސްޓްރޭޓިވް ސްޓާފް ކޮލްޖް އޮފް އިންޑިއާ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއެކުރައްވަނީ

13 ނޮވެމްބަރ 2019



އެޑްމިނިސްޓްރޭޓިވް ކޮލެޖް އޮފް އިންޑިއާ (އަސްކީ) އާއި ސިވިލް ސަރވިސް ކޮމިޝަނާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއެކުރައްވަން ނިންމަވައިފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މި އެމް.އޯ.ޔޫ ގައި ސޮއިކުރައްވާނީ ކޮމިޝަނުގެ މެންބަރު އަލްއުސްތާޛް ޒަކަރިއްޔާ ހުސައިން އެވެ. މިގޮތުން މިއަދު ހެނދުނު މެންބަރު ޒަކަރިއްޔާ ވަނީ އިންޑިއާ އަށް ފުރާވަޑައިގަންނަވާފައެވެ.
2012 ވަނަ އަހަރުން ފެށިގެން އަސްކީ ގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ތަފާތު ދާއިރާތަކުން ތަމްރީނުގެ ފުރުޞަތުތަށް ވަނީ ދެއްވާފައެވެ. އެގޮތުން 2013 ވަނަ އަހަރު އަހަރު ފުރަތަމަ ފަހަރަށް އެމް.އޯ.ޔޫ އެއްގައި ވަނީ ސޮއިކުރެވިފައެވެ. އަދި އޭގެ ފަހުން 2014 ވަނަ އަހަރާއި 2016 ވަނަ އަހަރު މި އެމް.އޯ.ޔޫ ވަނީ އަލުން އާކޮށްފައެވެ. އެގޮތުން މި ފަހަރުގެ މި ދަތުރަކީ އަސްކީ އާއި އެއްކޮށް އެއްބަސްވެފައިވާ މި އެމް.އޯ.ޔޫ އަލުން އާ ކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި އެމް.އޯ.ޔޫ އަކީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރުމަތިކޮށް ތަމްރީނުދިނުމާ ބެހޭ ގޮތުން އެކުލަވާލެވިފައިވާ ފަހުމުނާމާއެކެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307