އާއްމު ސިއްހަތާ ބެހޭ މަހާސިންތާގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ވާހަކަފުޅުދައްކަވައިފި

06 ނޮވެމްބަރ 2019



ޕެރަޑައިސް އައިލެންޑް ރިސޯޓު ގައި އިއްޔެ އިން ފެށިގެން ކުރިއަށް ގެންދާ، އާއްމު ސިއްހަތާ ބެހޭ މަހާސިންތާގައި ވާރކް ފޯސް ޕްލޭނިންގ އާ ގުޅޭގޮތުން ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ވާހަކަފުޅު ދައްކަވައިފިއެވެ.
ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި ތަމްރީނުކުރެވޭ އަދި ތަޖުރިބާ ހޯދާދެވޭ ސިއްޙީ ހިދުމަތްތެރީން ކުޑަ ދުވަސްކޮޅަކަށްފަހު ބޭރުގެ ގައުމުތަކުން ވަޒީފާ ހޯދާ ހިޖުރުކުރާ މައްސަލަ އަކީ އާންމުކަމެއްކަމުގައި ދެންނެވިއެވެ. ހާއްސަކޮށް ސިވިލް ސާވިސް ތަމްރީން ދޭ ތަނަކަށް ވެފައި، ދައުލަތުން ރައްޔިތުންގެ ފައިސާ އިން ޕްރައިމަރީ އެޑިއުކޭޝަން، ސެކަންޑަރީ އެޑިއުކޭޝަން، އެ އަށް ފަހު ފުރަތަމަ ޑިގްރީ އަށް ހަރަދު ކުރުމަށް ފަހު، ތަޖުރިބާ ލިބޭ ދުވަހު ބޭރުގެ ކޮންމެވެސް ގައުމެއްގައި ހިދުމަތް ކުރުމަށް ވަޑައިގަންނަވާ ކަމުގައި ދެންނެވިއެވެ.
ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތުގެ ހާލަތު ރާއްޖޭގައި އޮތް ގޮތާ ބެހޭ ގޮތުން، ވާހަކަ ފުޅުދައްކަވަމުން "ބްރެއިން ޑްރެއިންގެ މައްސަލަ" އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމުގައި ދެންނެވިއެވެ. ޑރ. ޝަމީމް ވިދާޅުވި ގޮތުގައި، އެއީ ބައިނަލްއަގްވާމީ ގޮތުން ރާއްޖެ އަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. އަދި އެކަން ހައްލުކުރަން ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށާއި ގާނުނީ ހައްލެެއް ވެސް ހޯދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
މި މަހާސިންތާ ގައި މަޝްވަރާ ކުރާ ކަންތައްތަކުގެ ތެރޭގައި، އާބާދީގެ އެކި އުމުރު ފުރާތަކަށް އަންނަ ބަދަލުތަކާ އެކު، އާބާދީގެ ސިއްހީ މައްސަލަތަކާއި ދިރިއުޅޭ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއުންބުއިމުގެ އާދަތަކަށް އައި ބަދަލުތަކާއި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުން ހިމެނެ އެވެ. އަދި މީހުންގެ ދިރިއުޅުމުގެ މާހައުލާ ގުޅުން ހުރި ކަންކަމުގެ ސަބަބުންނާއި ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންގެ އާބާދީ އިތުރުވަމުން ދިއުމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެކަން ކަމާ މެދު މަޝްވަރާކޮށް، ހައްލު ކުރުމަށް ހުރިހާ ދާއިރާތައް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރާނެ އެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް