13 ޑިސެމްބަރ 2019
މި މަހުގެ 06 އިން 13 އަށް އިންޑިއާގެ މުވައްޒަފުންނަށް ތަމްރީނު ދީ، ޤާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމުގައިވާ "ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" އިން ކުރިއަށް ގެންދެވުނު ތަމްރީނު ޕްރޮގްރާމު "ޓްރެއިނިންގ ފޯރ ޕަރމަނަންޓް ސެކްރެޓަރީސް އެންޑް ސެކްރެޓަރީ ޖެނެރަލްސް އޮފް މޯލްޑިވިސް" ގެ ނިންމުން ފާހަނގަކޮށް ބައިވެރިންނަށް އިއްޔެ ހަނދާނީ ލިއުން އަރުވައިފިއެވެ. 14 ބޭފުޅުން ހިމެނޭ މި ވަފުދުގައި މިނިސްޓްރީ ތަކުގެ ޕަރމަނަންޓް ސެކްރެޓަރީންގެ އިތުރުން އިސްޒިންމާދާރުވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ ޕަރސަނެލް، ޕަބްލިކް ގްރީވެންސަސް އެންޑް ޕެންޝަންސް މިސްޓަރ ޖީތެންދުރަ ސިންގް އެވެ.
އޭގެ އިތުރުން އިއްޔެ މި ވަފުދުގެ ބޭފުޅުން ވަނީ ފޮރިންގ ސެކްރެޓަރީ މިސްޓަރ. ވީ. ގޯކޭލް އާއި ބައްދަލުކުރައްވަވާ މަޝްވަރާކުރައްވާފައެވެ.
ފަހުގެ ޚަބަރުތައް
އޭޑީބީގެ ޓީމުން ކޮމިޝަނުގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
21 އޮކްޓޯބަރ 2026
ދިވެހިބަހުގެ އެކެޑަމީއާއެކު ކޮމިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
20 އޮކްޓޯބަރ 2026
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާއާއެކު ކޮމިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
19 އޮކްޓޯބަރ 2026
ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއެކު ކޮމިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
19 އޮކްޓޯބަރ 2026
ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީ މަޤާމަށް ޑރ. އާމިނަތު ދުންޔާ އައްޔަނުކޮށް ލިޔުން ޙަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
19 އޮކްޓޯބަރ 2026