05 ޑިސެމްބަރ 2019
އިންޑިއާގައި މުވައްޒަފުންނަށް ތަމްރީނު ދީ، ޤާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމުގައިވާ " ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" އިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ އެކި މިނިސްޓްރީ ތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާއި އިސްޒިންމާދާރުވެރިން ހިމެނޭ ގޮތަށް 14 ބޭފުޅުންގެ ވަފުދެއް މިއަދު ހެނދުނު އިންޑިއާ އަށް ފުރާވަޑައިގެންނަވައިފިއެވެ.
މި މަހުގެ 06 އިން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރެއިނިންގް ޕްރޮގްރާމްގައި، އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ބެހޭގޮތުން ވަފުދުގެ ބައިވެރިންނަށް މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވެއެވެ. މި ތަމްރީނު ދަތުރުގެ ފުރަތަމަ ހަފުތާ މި ބައިވެރިން ހޭދަކުރުމަށް ހަމަޖެހިފައިވަނީ މަސޫރީ، އުއްތަރުކަންޑުގައި ހުންނަ ޝަރަފުވެރި ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގައެވެ. މި އެކެޑަމީ އަކީ އިންޑިއާގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސްޢޫލިއްޔަތު އަދާ ކުރައްވާ މައި މަރުކަޒެވެ.
މި ވަފުދުގެ އިސްފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަބްދުﷲ ސަޢީދު އެވެ.
ފަހުގެ ޚަބަރުތައް
އޭޑީބީގެ ޓީމުން ކޮމިޝަނުގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
21 އޮކްޓޯބަރ 2026
ދިވެހިބަހުގެ އެކެޑަމީއާއެކު ކޮމިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
20 އޮކްޓޯބަރ 2026
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާއާއެކު ކޮމިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
19 އޮކްޓޯބަރ 2026
ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއެކު ކޮމިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
19 އޮކްޓޯބަރ 2026
ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީ މަޤާމަށް ޑރ. އާމިނަތު ދުންޔާ އައްޔަނުކޮށް ލިޔުން ޙަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
19 އޮކްޓޯބަރ 2026