ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާ ކޮމިޝަނުގެ ރައީސް ބައްދަލުކުރައްވައިފި

02 ޑިސެމްބަރ 2019



ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ޒަންގް ލިޒޯންގް އާއި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ޗައިނާ އެމްބަސީގައެވެ. މި ބައްދަލުކުރެއްވުމުގައި، ސިވިލް ސަރވިސް ކޮމިޝަނާއި ޗައިނާ އެންބަސީ ގުޅިގެން ކުރަންހުރި މުހިންމު މަސައްކަތްތައް ކުރިޔަށް ގެންދިއުމާއި، އަދި ޗައިނާއިން ރާއްޖެއަށް އިތުރު ފުރުޞަތުތައް ފަހިކުރުމާބެހޭގޮތުން ސަފީރާ މަޝްވަރާކުރެވުނެވެ. އަދި މިދިޔަ 5 އަހަރު ތެރޭގައި ޗައިނާގެ އެހީގެ ދަށުން ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ސިވިލް ސަރވަންޓުންނާއި ގުޅިގެން މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޙާއްސަ އިވެންޓާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ.
އޭގެ އިތުރުން ޗައިނާގެ ސަފީރު ވަނީ މިދިޔަ ނޮވެންބަރު މަހުގެ 30-18 އަށް ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކުރެއްވި ވަފުދައް ދެއްވި މެހެމާންދާރީއަށް ސިވިލް ސަރވިސް ކޮމިޝަނަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް އަލްފާޟިލާ ޢާއިޝަތު ހަމީދާ އާއި ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް އަލްފާޟިލާ އާއިޝަތު މިއުޝާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307