15 އޮކްޓޯބަރ 2020
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އަލްފާޟިލާ އާއިޝަތު މުޙައްމަދު ދީދީ މިއަދު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާއެކު އެ މިނިސްޓްރީގައި ބައްދަލުކުރައްވަވައި އެ މިނިސްޓްރީ ހިންގުމުގައި ސިވިލް ސަރވިސް އާ ގުޅުންހުރި ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިއަދު ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ އިދާރީ އޮނިގަނޑު މުރާޖާ ކުރުމާ ގުޅޭގޮތުންނާއި، ދައުލަތުގެ ބެލުމުގެ ދަށުގައިތިބޭ މީހުންނާއި ކުދިންގެ ރައްކާތެރިކަމަށްޓަކައި ވަކިކުރަން ބޭނުންވާ މުވައްޒަފުން ވަގުތުން ވަކިކުރުމާއި ގުޅޭގޮތުންނެވެ. އަދި އޭގެ އިތުރަށް މިނިސްޓްރީގެ ފަންނީ ދާއިރާތަކުގެ މަޤާމްތަކަށް ބޭނުންވާ ޖޮބް ސްޓްރަކްޗަރ އާއި އަދި ކުއްލި ޙާލަތުގައި ނަގާ މުވައްޒަފުން ނެގުމާއި ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ތަފާތު މަސައްކަތްތަކެއް ކުރަމުންގެންދާއިރު ޚާއްސަކޮށް މުޖްތަމައުގައި ހިމެނޭ ޟޮއީފު މީހުންގެ ކަންތައްތައް ބަލަހައްޓާ ޖެންޑަރ މިނިސްޓްރީގެ ކަންކަން އަވަހަށް ހަމަޖައްސައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގައި ކޮމިޝަނުން ފުރިހަމަ އެއް ބާރުލުން މިނިސްޓަރަށާއި މިނިސްޓްރީ އަށް ލިބިވަޑައިގަންނަވާނޭ ކަމުގެ ކަށަވަރުކަން މި ބައްދަލުވުމުގައި ކޮމިޝަނުގެ މެންބަރުން އަރުވާފައިވެއެވެ.
މި ބައްދަލުވުމުގައި ކޮމިޝަނުގެ ރަައީސް އަލްފާޟިލް މުހައްމަދު ނާޞިހު އާއި ނައިބު ރައީސް އިބްރާހިމް ރަޝީދުގެ އިތުރުން ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ..
ފަހުގެ ޚަބަރުތައް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024