21 އޮކްޓޯބަރ 2020
ޗައިނާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޖަންގް ލިޖޮންގް އާއި ސިވިލް ސަރވިސް ކޮމިޝަނުން ބައްދަލު ކުރައްވައިފިއެވެ. މިއަދު ހެދުނު ޗައިނާ އެމްބަސީގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ކޮމިޝަނުގެ ރައީސް މުހައްމަދު ނާޞިޙު، ކޮމިޝަނުގެ ނައިބު ރަައީސް އިބްރާހިމް ރަޝީދު އަދި ކޮމިޝަންގެ މެންބަރު ފާތިމަތު އާމިރާ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި، ސިވިލް ސަރވިސް ކޮމިޝަނާއި ޗައިނާ އެމްބަސީއާ ގުޅިގެން ކުރެވިދާނެ މުހިންމު މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމަށް ޗައިނާއިން އިތުރު ފުރުޞަތުތައް ހޯދުމާ ބެހޭގޮތުންނާއި ޗައިނާ ނެޝަނަލް އެކެޑަމީ އޮފް ގަވަރނަންސް (ސީ.އެން.އޭ.ޖީ) އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ސޮއިކޮށްފައިވާ އެމް.އޯ.ޔޫ އާ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ރާއްޖޭގެ ތަރައްޤީއަށް، ޚާއްސަކޮށް އިންސާނީ ވަޞީލަތްތަށް ތަރައްޤީކުރުމަށް ޗައިނާއިން ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ކޮމިޝަންގެ ރައީސް އަދި މެންބަރުން ޝުކުރު އަދާކުރެއްވިއެވެ. ޗައިނާ ސަފީރުގެ ވާހަކަ ފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އަލިއަޅުވާ ލައްވައި، ކުރިއަށް އޮތް ތާގައިވެސް ވެވެން ހުރި ހުރިހާ ގޮތަކުން ދިވެހިރާއްޖެއަށް އެހީތެރިވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
ފަހުގެ ޚަބަރުތައް
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024