14 އޮކްޓޯބަރ 2020
ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް ދަ މޯލްޑިވިސް (ކޭމް) އިން މިއަދު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު މި ބައްދަލުވުމުގައި ކޮމިޝަނުގެ ހުރިހާ މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއަދު ބޭއްވެވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ކޭމް ގެ އިދާރީ އޮނިގަނޑު މުރާޖައާ ކުރުމާއި މުވައްޒަފުން އެ އޮނިގަނޑަށް ހިޖުރަކުރުމާ ގުޅޭގޮތުންނެވެ. މިއަދުގެ މި ބައްދަލުވުމުގައި ކޭމްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކޭމްގެ ޗެއަރމަން އަލްފާޟިލް މޫސާ ސޯލިހް އާއި ޗީފް އެގްޒެކެޓިވް އަލްފާޟިލް އިލްޔާސް އަހުމަދުގެ އިތުރުން ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ މާޖިދާ ވަހީދެވެ.
ފަހުގެ ޚަބަރުތައް
"ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާއެކު ސިވިލް ސަރވިސް ކޮމިޝަނުން ފަހުމުނާމާއެއްގައި ސޮއި ކުރައްވައިފި
08 ޖަނަވަރީ 2026
ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026
09 ޑިސެމްބަރ 2025
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025