22 ސެޕްޓެމްބަރ 2020
ސައުތް އޭޝިއަން އިންސްޓިޓިއުޓް އޮފް އިސްލާމިކް ފިނޭންސްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާއެކު މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދުގެ މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ ސައުތް އޭޝިއަން އިންސްޓިޓިއުޓް އޮފް އިސްލާމިކް ފިނޭންސްގެ ފަރާތުން އަލަށް ތައާރަފްކުރެވުނު "އެޑްވާންސް ޑިޕްލޮމާ އިން ޕަބްލިކް ފައިނޭންޝަލް މެނޭޖެމަންޓް" ކޯހާއި ގުޅޭގޮތުންނެވެ. މި ކޯހާއި ގުޅޭ ޕްރެޒެންޓޭޝަން ކޮމިޝަނަށް ހުށަހެޅުއްވީ ސާ.އީ.ފް ގެ ވައިސް ރެކްޓަރ އަލްފާޟިލް އިސްމާއިލް ސާޖިދާއި އަދި މެނޭޖަރ އަލްފާޟިލް އަބްދުލް ރަހްމާން ހުސައިން އެވެ. އެބޭފުޅުންގެ ޕްރެޒެންޓޭޝަނުގައި ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް އަކީ ސިވިލް ސަރވިސްގެ އިދާރާތަކަށް ވަރަށް މުހިންމު ދާއިރާއެއްކަން ފާހަގަކުރެއްވެވިއެވެ.
ކޮމިޝަނުގެ ރައީސް މުހައްމަދު ނާޞިޙު ދެންނެވީ ކޮމިޝަނުގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ދެއްވަވާނެކަމަށެވެ.
ފަހުގެ ޚަބަރުތައް
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024