މޯލްޑިވިސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން ސިއްހީ ދާއިރާގެ ވަޒީފާތަކުގެ އޮނިގަނޑުތަކާއި ގުޅޭގޮތުން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާއެކު މަޝްވަރާކުރައްވައިފި

22 ސެޕްޓެމްބަރ 2020



މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔުނިއަންގެ ބޭފުޅުން ސައްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އޮތް ކަންބޮޑުވުންތަކާއި ސިވިލް ސަރވިސްގެ ތެރެއިން ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މިއަދު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވަވައި މަޝްވަރާކުރައްވަވައިފިއެވެ. ޔުނިއަންގެ ފަރާތުން ވަޑައިގެން ބޭފުޅުންގެ ތެރޭގައި އިސްކޮށް ހުންނެވީ އެ ޔުނިއަންގެ ރައީސް އަލްފާޟިލާ މާހް ޖަބީން އެވެ.
މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ގިނަ ސިވިލް ސަރވަންޓުންނަށް ވަޒީފާގައި ކުރިއަށްދެވޭނެ ގޮތަށް ޚާއްސަ އޮނިގަނޑުތަކެއް ހެދިފައިނެތުމާއި، މުސާރައިގެ ކަންބޮޑުވުންތަކާއި ވަޒީފާގެ ހައްޤުތަކެއް ގެއްލޭގޮތް މެދުވެރިވާ ކަމުގައި ބެލެވޭތީ، މިކަންކަމަށް އަވަސް ހައްލެއް ހޯދާދިނުމާ ގުޅޭގޮތުންނެވެ.
މި ކަންކަމުގައި އަވަސް ޙައްލެއް ހޯދާދެވޭތޯ ކޮމިޝަނުން މަސައްކަތް ކުރާކަމަށާއި، މިހާތަނަށް ސިއްޙީ ދާއިރާގެ ޚާއްސަ އޮނިގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ހަލުވިކޮށްކުރެވެމުންދާ ކަމުގެ މަޢުލޫމާތު ޔުނިއަންގެ ބޭފުޅުންނަށް ކޮމިޝަނުގެ ފަރާތުން އެރުވިއެވެ. އަދި ހުރިހާ އޮނިގަނޑުތަކެއްވެސް ވީހާވެސް އަވަހަކަށް ތަންފީޒުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގައެވެ.
މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔުނިއަން އަކީ ސިއްޙީ ދާއިރާގެ މަސައްކަތްތެރެއިން މަސްލަހަތާއި، ހައްޤުގައި އަދި އިނާޔަތްތައް ކުރިއަރުވައި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޔުނިއަނެކެވެ. މީގެ އިތުރުން ޔުނިއަންގެ މެންބަރުންގެ ދުޅަހެޔޮކަމަށާއި ތަޢުލީމާއި ތަމްރީނު ކުރިއެރުމަށް މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް