02 ޑިސެމްބަރ 2018
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖްލީހުން ހަމަޖެއްސެވި ފާޠިމަތު އާމިރާ މަޤާމާ ހަވާލުވެވަޑައިގެން ސިވިލް ސަރވިސް ކޮމިޝަނަށް މިއަދު ވަޑައިގެންނެވުމުން ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ ފަރާތުން އެކަމަނާއަށް ހޫނު މަރުޙަބާ ދަންނަވައިފިއެވެ. ކޮމިޝަނުގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިޔާތުގައި ކޮމިޝަނުގެ މެންބަރުންގެ އިތުރުން ހުރިހާ ސްޓާފުން ވަނީ ބައިވެރިވެފައެވެ.
ކޮމިޝަނުން ހުސްވެފައިވާ ކޮމިޝަނުގެ މެންބަރުގެ މަޤާމަށް ފާޠިމަތު ޢާމިރާ ހަމަޖެއްސެވީ ރައްޔިތުންގެ މަޖްލީހުގައި 28 ނޮވެންބަރު 2018ގައި ބޭއްވި ޖަލްސާއިން އެގޮތަށް ފާސްކުރެއްވުމާއި ގުޅިގެންނެވެ. ފާޠިމަތު ޢާމިރާ އެންމެ ފަހުން ފުރުއްވާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމެވެ. އޭގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި ސީއެޗްއެސްސީގެ ޕްރިންސިޕަލްގެ މަޤާމު ދިގު މުއްދަތެއްގައި އަދާކުރައްވާފައި ވެއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމު ހުސްވެފައި ވަނީ ކޮމިޝަނުގެ ކުރީގެ މެންބަރު ފާޠިމަތު ރީނީ ޢަބުއްސައްޠާރު ކޮމިޝަނުގެ މެންބަރުކަމުގެ 5 އަހަރުގެ ޓާމު ނޮވެންބަރު މަހުގެ 27 ވަނަ ދުވަހު ހަމަކުރައްވާ މަޤާމުން ވަކިވުމާއި ގުޅިގެންނެވެ.
ފަހުގެ ޚަބަރުތައް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024